ކ. މާލެ
|
31 ޖެނުއަރީ 2023 | އަންގާރަ 07:11
ޅ. އަތޮޅު ހޮސްޕިޓަލުގައި ހެދި ޑައިލިސިސް ސެންޓަރު
ޅ. އަތޮޅު ހޮސްޕިޓަލުގައި ހެދި ޑައިލިސިސް ސެންޓަރު
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީއިން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރެއް ހަދައިފި
މިއީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހެދި ސެންޓަރެއް

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރެއް ހަދައިދީފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހެދި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު އެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަންޖެހޭ ހޭދަ އާއި، ޚިދުމަތް ހޯދުމުގައި އުފުލަންޖެހޭ ތަކްލީފުތައް ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ މި ސެންޓަރާއެކު އެކަންކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި ސެންޓަރުން ޚިދުމަތް ދޭން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

މި ސެންޓަރު ހަދާފައި ވަނީ ބަލި މީހުންނަށް ޚާއްސަ ދެ އެނދާއި، އައިސޮލޭޝަން ރޫމަކާއި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ބެހެއްޓޭނެ ގޮތަށެވެ.

ނައިފަރުގައި ހެދި ޑައިލަސިސް ސެންޓަރުގެ އިމާރާތަކީ އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަރައްގީ ކުރި އިމާރާތެކެވެ. އެގޮތުން ސެންޓަރު ބިނާކުރުމަށް އަށް ލައްކައަށް ވުރެން ގިނަ ރުފިޔާ އެކުންފުނިން ވަނީ ހޭދަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް