Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 18:13
އުރީދޫ އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކުރުމުގެ ތެރެއިން: ނަސީބުވެރިޔަކަށް ހޮވުނު ހުއްރިއްޔަތުގެ ފަރާތުން އަލީ ރަޝީދު އިނާމާއި ހަވާލުވަނީ
އުރީދޫ އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތަށް އިނާމު ހަވާލުކުރުމުގެ ތެރެއިން: ނަސީބުވެރިޔަކަށް ހޮވުނު ހުއްރިއްޔަތުގެ ފަރާތުން އަލީ ރަޝީދު އިނާމާއި ހަވާލުވަނީ
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބޭގޮތަށް ޖުމްލަ 19 އުމްރާ ދަތުރު ދޭނެ
ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 2 މީހަކަށް ހައްޖު ދަތުރު ލިބޭނެ
ޕްރޮމޯޝަންގައި ބައިވެރިވުމަށް ކަސްޓަމަރުން 250 ރުފިޔާއަށްވުރެ މަތިން ބިލް ދައްކަންޖެހޭނެ

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ ހަތްވަނަ ނަސީބުވެރި ފަރާތަކަށް ހުއްރިއްޔަތު މުހައްމަދު، ޅ. ނައިފަރު ހޮވިފައިވާކަން އުފަލާއެކު އިއުލާންކޮށްފި އެވެ.

ހުއްރިއަޔަތަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އޭނާގެ ފަރާތުން އިނާމާއި ހަވާލުވީ އަލީ ރަޝީދުއެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ. .

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން، ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާއިރު، ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.

އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ. މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާ ކަމަށް އުރީދޫ އިން ބުނެއެވެ.

20 އަހަރުގެ ކުޑަމުއްދަތުގައި އުރީދޫ އިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފައެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ތިރީގައިވާ ލިންކް،

ore.do/liveunlimited އަށް ފޮލޯ ކުރެއްވުމަށް އުރީދޫ އިން އެދެއެވެ.

މަސްދަރު: Ooredoo
- ކޮމެންޓް