ސިވިލް ކޯޓުގެ ޤާޒީ ފައްޔާޒު ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ބަލަމުންދަނީ ކޯޓުގެ ޙުކުމެއް ލަސްކުރުމާގުޅޭ މައްސަލައެއް ކަމަށެވެ.
އެއީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު، މައްސަލައިގެ ޙުކުމް ނުކުރައްވައި، 01 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މަޑުޖައްސާލެއްވި މައްސަލައެކެވެ.
ޖޭއެސްސީން އެކަން ބެލުމަށް ނިންމީ އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ފަރުވާކުޑަ ކުރައްވާފައިވާކަމަށް ތުހުމަތުކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެންނެވެ.
އެ މައްސަ؛ލަ ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާގައި ނިންމައި، އެ ޝަކުވާ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.