Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 20:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވޯޓު ލައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވޯޓު ލައްވަނީ
-
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާނީ ރައީސް ސާލިހުކަން އަންދާޒާތަކުން ދައްކައިފި
ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ
ރައީސް އުޅުއްވަނީ 65 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކުރީގައި
ރައީސް ވަނީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބު ކުރަައްވާނެކަން އަންދާޒާތަކުން ދައްކައިފިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެމަނިކުފާނު އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮޑުތަފާތަކުންނެވެ. އެގޮތުން، އިންތިޚާބުގައި އެމަނިކުފާނު 65 އިންސައްތައަށްވުރެ ބޮޑު އަދަދެއް ހޯއްދަވާފައިވާކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

ރައީސް ސާލިހާ މި އިންތިޚާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 35 އިންސައްތަ ވޯޓެވެ.

Advertisement

އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް ސާލިހެވެ. މިއީ އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.

ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ގިނަ ރަށްރަށުގައި ކުރީގައި އުޅުއްވަނީ ރައީސް ސާލިހެވެ.

ޕްރައިމަރީ ކެމްޕޭނުގައި ރައީސް ވަނީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް