Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 09:31
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށައިފި
ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާ ހަމައަށް
އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭ
ޖުމްލަ 243 ވޯޓު ފޮއްޓެއް ރާއްޖޭގެ އެކި ރަށްތަކުގައި ވަނީ ބަހައްޓައިފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ. މި އިންތިޚާބުގައި އެމްޑީޕީގެ 57،255 މެންބަރުންނަށް ވޯޓުލެވޭނެއެވެ.

Advertisement

އެމްޑީޕީން އާއްމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވޯޓުލުމަށް މުޅި ޖުމްލަ 243 ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެގޮތުން މާލޭގައި 49 ވޯޓު ފޮއްޓާއި ހުޅުމާލޭގައި އެއް ފޮށި އަދި ވިލިމާލޭގައި އެއް ފޮށި ބަހައްޓާފައިވާ އިރު އަތޮޅުތެރޭގައި 194 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެޕާޓީ އިން މައުލޫމާތު ދީފައި ވެއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ޕްރައިމަރީގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓާނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ ސްކޫލާއި ޤައުމީ ޔުނިވަރސިޓީގެ މެއިންކެމްޕަހާއި އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ފެކަލްޓީ އޮފް ހެލްތު ސައިންސާއި އިމާދުއްދީން ސްކޫލާއި މާފަންނު މަދުރަސާއާއި، އިއްޒުދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ޖަމާލުއްދީނާއި މުހިޔުއްދީން ސްކޫލް އަދި ރެހެންދި ސްކޫލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް