ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 05:47
މެޗުގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު ނަތަން އަކޭ
މެޗުގެ ހަމައެކަނި ލަނޑު ޖެހުމަށްފަހު ނަތަން އަކޭ
ރޮއިޓާސް
އިނގިރޭސި އެފްއޭކަޕް
ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށް، އެފްއޭކަޕްގެ ފަސްވަނަ ބުރަށް ސިޓީ
ސިޓީ މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށް, މެންޗެސްޓަރ ސިޓީން އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ލީގުގެ ދެވަނައިގައި އޮތް ސިޓީން އާސެނަލް އެފްއޭކަޕުން ކަޓުވާލީ 1-0 ން ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޑިފެންޑަރ ނަތަން އަކޭއެވެ. 64 ވަނަ މިނިޓްގައި އަކޭ ޖެހި ލަނޑުގައި މިޑްފީލްޑަރ ޖެކް ގްރީލިޝްގެ ދައުރު ބޮޑެވެ. މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަކޭއަކީ ޚާއްޞަ ކުޅުންތެރިންއެއްކަމަށެވެ. މެޗުން މޮޅުވާން ފުރަތަމަ ހާފްގައި އާސެނަލް އަށް ފުރުޞަތު ލިބުނެވެ. އެކަމަކު ރަނގަޅު ފޯމެއްގައި އޮތް އާސެނަލްއަށް ފުރުޞަތުގެ ބޭނުން ނުކުރެވި އެފްއޭކަޕުން ކެޓީއެވެ.

ސިޓީގެ ކޯޗު ގާޑިއޯލާވެސް ބުނީ އޭނާގެ ޓީމް ހުރިހާ ގޮތަކުންވެސް އާސެނަލްއަށްވުރެ ރަނގަޅަށް ކުޅުނީ ދެވަނަ ހާފްގައި ކަމަށެވެ. މެޗުން އިނގުނު އެންމެ މުހިއްމު އެއްކަމަކީ އާސެނަލްގެ ފެންވަރުކަމަށް ގާޑިއޯލާ ބުންޏެވެ. މިދެޓީމް ދެން އެއް ޓީމް އަނެއް ޓީމާ ވާދަކުރާނީ ފެބްރުއަރީ 15 ވަނަ ދުވަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް