Advertisement
ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 18:59
ރައީސް ނަޝީދުގެ ފްރައިމަރީ ކެމްޕޭން ނިންމަވާލެއްވުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން
ރައީސް ނަޝީދުގެ ފްރައިމަރީ ކެމްޕޭން ނިންމަވާލެއްވުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ ކެމްޕޭން
ރައީސް ނަޝީދުގެ ފްރައިމަރީ ކެމްޕޭން ނިންމަވާލެއްވުމަށް ހިނގާލުން ބާއްވައިފި
ހިނގާލުން ނިންމާލާފައިވަނީ އެމްޑީޕީ ހަރުގެ ކައިރިއަށް، ޚާއްސަ ދުޢާއަކުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފްރައިމަރީ ކެމްޕޭން ނިންމަވާލެއްވުމަށް ހިނގާލުމެއް ބާއްވައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު މި ހިނގާލުން 16:30 ގައި އެމްޑީޕީ ހަރުގެ ކުރިމަތިން ފެށިއިރު އެމަނިކުފާނަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ވަނީ ހިނގާލުމުގައި ބައިވެރިވެފައެވެ. ހިނގާލުން ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ނުވާއިރު ހިނގާލުން ނިންމާލާފައިވަނީ އެމްޑީޕީ ހަރުގެ ކައިރިއަށް، ޚާއްސަ ދުޢާއަކުންނެވެ.

ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް މީގެ ކުރިން ބޭއްވި އެތައް ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް ނަޝީދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ މެންބަރުންނަށް ޕާޓީ އަލުން އަނބުރާ ހޯއްދަވައިދެއްވުމަށް ކަމަށެވެ.

Advertisement

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމާއި ޕާޓީގެ ފިކުރާއި ދުރުވެ، މުޅިން ބީރައްޓެހި ކަންތައްތަކެއް ސަރުކާރުން ކުރަމުންދާތީ އެމްޑީޕީގެ މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މި އިންތިޚާބު ކާމިޔާބު ކުރައްވާނީ އެމްޑީޕީގެ މެންބަރުންނަށް އެމްޑީޕީ އަނބުރާ ހޯއްދަވާ ދެއްވުމަށް ކަމަށާއި ކާމިޔާބީގެ އައްސޭރީގައި ސާބިތުކަމާއެކު ތިބޭނެ ދުވަސް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަސައްކަތް އަބަދުވެސް ފައްޓަވަނީ ނެތުމުގެ ތެރެއިންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ވާދަވެރިން ހިސާބު ޖެހީ މި އިންތިޚާބު ކަމިޔާބު ނުކުރެވޭނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް