Advertisement
ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 13:19
އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ އެކަނި ވެރިކަންކުރާ ތަން ދެކެން ބޭނުން، ނަމަވެސް އަދި އެއީ އެކަނި ކުރަން ދަތިކަމެއް: ރައީސް
ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ނުލިބުނު ތަރައްގީ މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާކަން ރައްޔިތުން ފާހަގަކުރޭ
ރަށްތަކުގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އެނގޭ
މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ރައީސް ޞާލިހު ހޮއްވަވައިގެންކަން މެންބަރުންނަށް ގަބޫލު ކުރެވޭ

އެމްޑީޕީ އެކަނި އޮވެގެން ވެރިކަން ކުރާތަން ދެކެން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އަދި އެއީ އެ ޕާޓީއަށް އެކަނި ކުރަން ދަތި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގިނަ މަޝްރޫއުތައް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެވާހަކަތައް ދަތުރު ކުރައްވާ ކޮންމެ ރަށަކުން ވެސް ފާހަގަކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ރަށްތަކުގެ ރައްޔިތުންނަށް ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ނުލިބުނު ތަރައްގީ މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބިފައިވާކަން ފާހަގަކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރަށްތަކުގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އެނގޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށެވެ. އެހެންކަމުން މިފަހަރުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި އެ ފަރާތްތަކުން ވޯޓު ދޭން ނިންމާފައިވަނީ އެމަނިކުފާނަށް ކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑު ބުނަން އެއިން ކޮންމެ ފަރުދެއް ކައިރީގައި ވެސް ކޮބައިހޭ މިކަމުގައި ތިބޭފުޅުން ނިންމަވަން ގަސްދުކޮށްފައިވާ ގޮތަކީ. ވަރަށް ސާފުކޮށް ވިދާޅުވަމުން ދަނީ ތިމަންނަމެން ބޭނުންވަނީ ތަރައްގީއާގެން ކުރިއަށްދާންށޭ. ހުއްޓި ތިބޭކަށް ބޭނުމެއް ނޫނޭ. ފަހަތަށްދާކަށް ބޭނުމެއް ނޫޫނޭ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް އަޅުގަނޑު މި ކުރާ ދަތުރުގައި ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ މި ޕްރައިމަރީ އަޅުގަނޑުމެން ބޮޑުތަނުން އިރާދަކުރެއްވިއްޔާ ކާމިޔާބުކޮށް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެކަން،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެމަނިކުފާނަށް ވޯޓު ދޭން ނިންމަނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެގޮތުން، މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމަނިކުފާނު ހޮއްވަވައިގެންކަން އެ މެންބަރުންނަށް ގަބޫލު ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އެންމެ ބޮޑު އަދި އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ޕާޓީއަށްވި ނަމަވެސް އިންތިޚާބު ކާމިޔާބު ކުރަން 50 އިންސައްތައަށްވުރެ އިތުރަށް ވޯޓު ބޭނުންވާއިރު އަދި އެމްޑީޕީއަށް އެކަނި އެކަން ކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ކޯލިޝަނަކާއެކު މަސައްކަތް ކުރާއިރު ދޫ ދޭން ޖެހޭކަމަށާއި ނަމަވެސް އެމްޑީޕީއަށް އެއިން ލިބޭ އެތި މާބޮޑު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުވެސް ބޭނުން އެމްޑީޕީ އެކަނި ވެރިކަން ކުރާތަން ދެކެން. އެކަނި ސަރުކާރެއް އެކުލަވާލަން. ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އެކުލަވާލާއިރު ދޫތަކެއް ދޭން ޖެހޭ. ނަމަވެސް އެއިން އަޅުގަނޑުމެންނަށް ލިބޭ އެތި މާބޮޑު. އަޅުގަނޑުމެންގެ މެނިފެސްޓޯ ބަރާބަރަށް އެބަ ތަންފީޒު ކުރެވޭ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

މާދަމާ އެމްޑީޕީގެ ޕްރައިމަރީ ބާއްވާން ތައްޔާރުވެފައިވާއިރު ރައީސް ޞާލިހާ ވާދަކުރައްވަނީ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމަށް ވަރަށް ޔަގީންކަމާއެކު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،255 މެންބަރުންނަށް ވޯޓު ލެވޭއިރު ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް