ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 07:49
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
މިިދިޔަ ތަނުގައި ފެނުނު ހަމައެކަނި ވިޝަނަރީ ލީޑަރަކީ ރައީސް ޞާލިހް - ޝަރީފް
އައްޑޫގައި 5 ރަށާއި ހަންކެޑެ ހިމެނޭގޮތަށް 6 ރިސޯޓް އިތުރަށް ގާއިމްކުރުމުގެ ވިސްނުމާއި، ތަސައްވުރާއި އަދި ވިޝަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހް
ހަންކެޑެ އަކީ ވަކި ރިސޯޓަކަށް ބަދަލުވެ އެތާގައި 2000 އެނދު އެޅިގެންދާނެ
ރައީސް ޞާލިހުގެ ހާއްސަ ވިޝަނެއް އެބައޮތް ކަމަަށާއި، އެވިޝަންއަކީ އެއްވެސް ސަރުކާރަކަށް، މިގައުމުގައި ވެރިކަން ކުރި އެއްވެސް ސިޔާސީ ލީޑަރަކަށް އެކުލަވާނުލެވުނު ތަސައްވުރު، އަދި ނުކުރެވުނު ކަންތައް

މިިދިޔަ ތަނުގައި ފެނުނު ހަމައެކަނި ވިޝަނަރީ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އައްޑޫ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވިޝަނަރީ ލީޑަރުންގެ ވާހަކަ ކަމަށެވެ. ނަމަވެސް މި ފާއިތުވެގެންދިޔަ ތަނުގައި ފެނިވަޑައިގެންނެވި ހަމައެކަނި ވިޝަނަރީ ލީޑަރަކީ ރައީސް ޞާލިހް ކަމަށާއި، ސަބަބަކީ އައްޑޫގެ ތަރައްގީއާމެދު ހާއްސަ ތަސައްވުރެއް އޮތުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް ޞާލިހުގެ ހާއްސަ ވިޝަނެއް އެބައޮތް ކަމަަށާއި، އެވިޝަންއަކީ އެއްވެސް ސަރުކާރަކަށް، މިގައުމުގައި ވެރިކަން ކުރި އެއްވެސް ސިޔާސީ ލީޑަރަކަށް އެކުލަވާނުލެވުނު ތަސައްވުރު، އަދި ނުކުރެވުނު ކަންތައް ކަމަށެވެ. އެއީ އައްޑޫ އަތޮޅަކީ ރާއްޖޭގެ އެހެން އަތޮޅުތަކުގައި އޮންނަ ފަދަ ޓުއަރިޒަމް ގާއިމްވެފައި އޮތް ތަނަކަށް ހެދުމުގެ ތަސައްވަރު ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑު އެންމެ ފަހުން މި ރަށަށް އައުމުން އަޅުގަނޑާއި ވާދަވެރި ބޭފުޅުން ކުރިމަތިކުރުވި ސުވާލަކީ، މިއޮތް ހަންކެޑޭގެ ބިއްދޮށުގައި އެ އަޅަނީ ކީއްކުރާ ބްރިޖެއްހޭ. އަޅުގަނޑުމެންނާއި ވާދަވެރި ހުރިހާ ފަރާތްތަކުން ރައްޔިތުންތައް ވިސްނައިދެމުން ދަނީ އެއީ ބޭކާރު ބްރިޖެކޭ. ދާދި ދެއްމެއަކު ރައީސް އެ ވިދާޅުވީ އެއީ 2000 ބެޑު އެތާ ތައްޔާރުކުރުމަށްޓަކައި ހަންކެޑެއަކީ މިހާރު ގުޅިފައި މިއޮތް ރަށްތަކާއި ވަކިވެފައި އޮންނަ ޖަޒީރާ އެހެން ރާއްޖޭގެ ރިސޯޓްތަކޭ އެއްފަދަ ރީތި ފައްކާވެފައި އޮތް ރިސޯޓެއް ބިނާކުރުމަށްޓަކައި އެޅޭ ބްރިޖެކޭ. އިރާދަ ކުރެއްވިއްޔާ ދާދި އަވަސް ފުރުސަތެއްގައި ފެނިގެންދާނެ ހަންކެޑެ އަކީ ވަކި ރިސޯޓަކަށް ބަދަލުވެ އެތާގައި 2000 އެނދު އެޅިގެންދާނެކަން.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މެންބަރު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް 30 އަހަރު އައްޑޫ ސިޓީގެ ހުރިހާ ޒުވާނުންނަށް ބޭނުންވާނެ ގެދޮރު ބިނާކުރަން ބޭނުންވާނެ ބިން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ހެދި ނިމި ގޯތި ލިބެމުންދާ މަންޒަރު ފެނިގެންދާނެކަމަށެވެ. އަދި އެ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް މެންބަރު ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ބިންހިއްކާނެކަމުގެ ހުވަފެން އެ ސިޓީގެ ރައްޔިތުން ދެކެމުން އަންނަތާ 35 އަހަރު ވެއްޖެ ކަމަށާއި، އެކަން ކުރެވޭތޯ ހުރިހާ ސަރުކާރަކަށް ހުށަހެޅި އިރުވެސް އެއީ ބޭކާރުކަމެއް ކަމަށް ބުނެ ކޮށް ނުދިންކަމަށް މެންބަރު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އައްޑު އަތޮޅަކީ ބިން ހިއްކަން ބޭނުންވާ ތަނެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުގެ ގަތް ބިރަކީ ރައީސް ޞާލިހަށް މި ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ޓުއަރިސްޓުން އަންނަ ގޮތަށް ރޭވެމުންދާ ގަން އެއަރޕޯޓް ހުއްޓިގެންދާނެ. އަޅުގަނޑަށް ޔަގީންވޭ މި ރައީސް ކުރިއަށް އޮތް 5 އަހަރު، ގަމުގައި 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދޭނެވަރުގެ އެއަރޕޯޓެއް ތަރައްގީކުރާނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބައޮތް. އަޅުގަނޑަކީ އެމަނިކުފާނުގެ މަސައްކަތް ވަރަށް ގާތުން ފެނިފައި ހުރި މީހެއް.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެކަށީގެންވާ ފަޅުރަށްތަކެއް އަައްޑޫގައި ނެތް ކަމަށެވެ. އެހެންނަމަވެސް ތަސައްވުރެއް އޮވެގެން، ވިޝަނެއް އޮވެގެން ހަމައެކަނި ޕްލޭންކޮށްގެން، ކޮވިޑްގެ ދަތި ދުވަސްވަރުގައި މުޅި ދުނިޔެ ބަންދުވެފައިވަނިކޮށް އަދި ދުނިޔެ ހަނގުރާމައެއްގެ ކަޅު ވިލާގަނޑެއްގެ ދަށުގައި އޮއްވާ ފައިސާ ހޯއްދަވައިގެން، އައްޑޫގައި 5 ރަށާއި ހަންކެޑެ ހިމެނޭގޮތަށް 6 ރިސޯޓް އިތުރަށް ގާއިމްކުރުމުގެ ވިސްނުމާއި، ތަސައްވުރާއި އަދި ވިޝަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހް ކަމަށެވެ.

މެންބަރު ޝަރީފް ވިދާޅުވީ ރައީސް ޞާލިހަށް ތާާއިދުކުރައްވަނީ އެ ސަބަބަށްޓަކައި ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް ޞާލިހް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ.

- ކޮމެންޓް