Advertisement
ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 23:27
ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާ
ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާ
އެމްޑީޕީ
ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާ
ރައީސް ނަޝީދުގެ ކެމްޕެއިން ޖަލްސާ މެދުކަނޑާލަންޖެހޭފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައެއް ނުވޭ: ފުލުހުން
އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން މިހެން ބުނެފައި މިވަނީ ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ޝައްކުކޮށް، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާ ކުރިން ރާވާފައި އޮތް ވަގުތަށް ވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. އެމަނިކުފާނުގެ ވާހަކަ ނިންމަވާލެއްވީ ސެކިއުރިޓީގެ އިރުޝާދުގެ މަތިން ކަމަށް ރައީސް ނަޝީދާ އަރިސް ބޭފުޅަކު ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ކަންބޮޑުވަނީ އެ ޕާޓީގެ ސިޔާސަތާ ދުރު، ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކުރާތީ ކަމަށެވެ. އަދި ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަނީ އެމްޑީޕީގެ ވެރިކަން އެމްޑީޕީއަށް އަލުން ހޯދުމަށްޓަކައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް