ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 22:30
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރާއްޖެއެމްވީ
އެކްސިޑެންޓެއް ހިނގުން
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހު 09:25ހާއިރު

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރާސްފަތި ދުވަހު 09:25ހާއިރެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައް ސިޓީގެ މައިލޯ ސްޓޭޑިއަމް ސަރަހައްދު ކައިރިން ހައިވޭގައެވެ. ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އެނގިފައިވާގޮތުގައި ސައިކަލުގައި ތިބީ އުމުރުން ދުވަސްވީ އަންހެނަކާއި ޒުވާން އަންހެނެކެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އައިއިރު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް