ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 19:22
ފިޔޯރީ ބަނދަރުގެ އެއްބަސްވުމުގައި ސޮއިކުރުން
ފިޔޯރީ ބަނދަރުގެ އެއްބަސްވުމުގައި ސޮއިކުރުން
އެމްޓީސީސީ
ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުން
ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި
މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 38،919،969.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައި

ފިޔޯރީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 38،919،969.72 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ 400 ދުވަހުގެ މުއްދަތެކެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

- ބަނދަރު ފުންކުރުން

- ނެރު ފުންކުރުން

- 281 މީޓަރ ރިވެޓްމެންޓް ޖެހުން

- 155 މީޓަރ ގްރޮއިން ޖެހުން

- 166 މީޓަރ އެއްގަމު ތޮށި ޖެހުން

- 166 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން

- 10 މޫރިންގ ބޮއި ހަރުކުރުން

- އެކްސެސް ޕްލެޓްފޯމް އެޅުން

- 04 ނެވިގޭޝަން ލައިޓް ހަރުކުރުން

- 08 މަގު ބައްތި ހަރުކުރުން

- 760 އަކަމީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް