ކ. މާލެ
|
26 ޖެނުއަރީ 2023 | ބުރާސްފަތި 07:18
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފި
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފި
ޓްވިޓަރ
އޭއީޑީޕީގެ މަސައްކަތް
އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފްތިތާހުކޮށްފި
 
މި ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވާފައި ވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ
 
މި ޕްރޮޖެކްޓުގެ އަގަކީ 10 މިލިއަން ޑޮލަރު

އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވާފައި ވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލާފައިވާ މި ޕްރޮޖެކްޓުގެ އަގަކީ 10 މިލިއަން ޑޮލަރެވެ. މި ޕްރޮޖެކްޓަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

އޭއީޑީޕީގެ މައިގަނޑު މަޤްސަދަކީ، ސާނަވީ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެއެވެ. އަދި މި ޕްރޮޖެކްޓަކީ ސްޓެމް އެޑިޔުކޭޝަން ތަޢާރަފުކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ސާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިންސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ސާނަވީ މަރުޙަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްސަދުގައި ސްކިލްސް އަދި ސްޓެމް ލެބް ޤާއިމުކުރުމަށް މި ޕްރޮޖެކްޓުގައި ވަނީ ޕްލޭންކޮށްފައެވެ. މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި، 'ގްރީން ކޮންސެޕްޓް' ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއްވަނީ ފަށާފައެވެ.    

މި ޕްރޮޖެކްޓުގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަޞީލަތްތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ޓީޗަރުންގެ މޯޓިވޭޝަން، ޕެޑަގޯޖިކަލް ސްކިލްސް އަދި ޤާބިލުކަން އިތުރުކުރުމަށްޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި