ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 19:25
ނިލަންދޫ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުން ފެނަކައާއި ވަނީ ހަވާލުކޮށްފައި
ނިލަންދޫ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުން ފެނަކައާއި ވަނީ ހަވާލުކޮށްފައި
ޕްލޭނިން މިނިސްޓްރީ
ނިލަންދޫ ނަރުދަމާ
ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފި
މި މަޝްރުއަކީ ދައުލަތުގެ ބަޖެޓުން 42،364،108.79 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް
2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމާއި، ޕަންޕްތަކައި އެހެނިހެން ތަކެތި ބަދަލު ކުރުން ހިމެނޭ

ފ. ނިލަންދޫގައި މިހާރު ހުރި ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި މަޝްރުއަކީ ދައުލަތުގެ ބަޖެޓުން 42،364،108.79 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަކަށް ދީފައިވަނީ 125 ދުވަހެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ނިލަންދޫގައި 2008 ވަނަ އަހަރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ވެކިއުމް ސްޓޭޝަން ހެދުމާއި، ޕަންޕްތަކާއި އެހެނިހެން ތަކެތި ބަދަލު ކުރުމާއި، ސީއައުޓްފޯލްއެއް އެޅުމާއި އަދި ސްވަރ ޖެޓިންގ މެޝިނެއް ފޯރުކޮށް ދިނުން ހިމެނެއެވެ.

- ކޮމެންޓް