Advertisement
ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 19:20
ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމްކުރަން ހަވާލުކޮށްފައިވަނީ ފެނަކައާއި
ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމްކުރަން ހަވާލުކޮށްފައިވަނީ ފެނަކައާއި
ޕްލޭނިން މިނިސްޓްރީ
ހިތަދޫ ފެނާ ނަރުދަމާ
ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމް ކުރުން ފެނަކައަށް
ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާނެ
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 21،526،897.50 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް

އައްޑޫ ސިޓީ ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުއެވެ.

Advertisement

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 21،526،897.50 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 350 ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސ. ހިތަދޫ އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި އަދި ފެނުގެ ވިއުގައެއް އެޅުމާއި ފެން މީޓަރުތައް ބަހައްޓާ، މިހާރު އައްޑޫ ހިތަދޫގައި ދެމުންދާ ފެނާއި ނަރުދަމާ ނިޒާމާއި ގުޅާލުން ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް