ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 19:17
ދަރަވަންދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި
ދަރަވަންދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި
ޕްލޭނިން މިނިސްޓްރީ
ދަރަވަންދޫ ބަނދަރު
ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއަށް
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 59،919،360.12 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް

ބ.އަތޮޅު ދަރަވަންދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 59،919،360.12 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

- ބަނދަރު ފުން ކުރުން – 1،843 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -0.3 މީޓަރ ހަމަވާ ވަރަށް)

- އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުން – 30،504 ކިއުބިކް މީޓަރ (މެދު ދިޔައިން ފެށިގެން -3.0 މީޓަރ ހަމަވާ ވަރަށް)

- 352 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން

- 83 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން

- 24 މީޓަރ ބޮޑުހިލައިގެ ގްރޮއިން ޖެހުން

- 248 މީޓަރ އެއްގަމު ތޮށި ޖެހުން

- 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން

- 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުން

- 74 މ ރިންގ ރިންގް ހަރުކުރުން

- 34 މ ރިންގ ބޮއި ހަރުކުރުން - އެކްސެސް ޕްލެޓްފޯމް އެޅުން

- 2×140 މީޓަރ ކޮންކްރީޓް ޖެޓީއެއް ހެދުން

- 10 މަގު ބައްތި ހަރުކުރުން

- 2140 އަކަ މީޓަރު ޕޭވްމަންޓް ހެދުން

- ކޮމެންޓް