ކ. މާލެ
|
24 ޖެނުއަރީ 2023 | އަންގާރަ 07:07
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ
ރާއްޖެއެމްވީ
ތެވެލި މަހާސިންތާ
އެމްއެންޔޫ "ތެވެލި" މަހާސިންތާ އޮގަސްޓު މަހު ބާއްވަނީ
މި މަހާސިންތާ އޮންނާނީ އޮގަސްޓު 21 އިން 22 އަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ފަސްވަނަ ތެވެލި ބައިނަލްއަގުވާމީ މަހާސިންތާ އޮގަސްޓު މަހު ބޭއްވުމަށް ނިންމައިފިއެވެ.

މި މަހާސިންތާ ބާއްވަން ނިންމާފައިވަނީ އޮގަސްޓު 21 އިން 22 އަށެވެ،

މިމަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސުކޮލަރުން ބައިވެރިވެގެން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރަންސެވެ. މި ކޮންފަރަންސްގެ އެންމެ މުހިންމު މަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޤައުމީ ޔުނިވަރސިޓީއަކީ އިލްމު އުފައްދާ، އިލްމު ކުރިއަރުވާ ޔުނިވަރސިޓީއަކަށް ހެދުމެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތަށް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓަރ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުން ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދެވޭ މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދައިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންތަކުގައި ހުށަހެޅިގެންދާނެއެވެ.

ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުން 15 މެއި 2023 ގައި ކުރިއަށްދާނެއެވެ. އަދި ރެޖިސްޓްރޭޝަން 3 އޮގަސްޓުގައި ހުޅުވާލާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް