Advertisement
ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 22:58
އޭސީސީ އިން ބޭއްވި ހަފްލާއެއްގެ ތެރެއިން
އޭސީސީ އިން ބޭއްވި ހަފްލާއެއްގެ ތެރެއިން
އޭސީސީ
އޭސީސީގެ މަސައްކަތްތައް
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އާ ޔުނިޓެއް ނުހަދާ - އޭސީސީ
"ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް/ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް" ބުނަނީ ދޮގެއް ކަމަށް އޭސީސީ އިން ބުނޭ

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އާ ޔުނިޓެއް ނުހަދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީ އިން އެފަދައިން ބުނީ ކޮރަޕްޝަންގެ މައްސަލަތަކާ ތުހުމަތު ތައް ބަލަން ވަކި ޔުނިޓެއް ހަދަނީކަމަށް ސޯޝަލް މީޑިއާ އާއި ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ އެކަމާއި ގުޅިގެންނެވެ. އެފަދަ ޚަބަރުތަކެއް ރިޕޯޓްކޮށްފައި ވަނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ކޮމިޝަނުގެ މެންބަރުންނާއި ހޯމަ ދުވަހު ބައްދަލުކޮށް ދެކެވުނު ވާހަކަތަކަށް ފަހުގައެވެ.

އޭސީސީ އިން ބުނީ އޭސީސީގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ދަނީ ބަލައި މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރަމުން ކަމަށެވެ.

Advertisement

އަދި ކޮމިޝަނުގެ މުވައްޒަފުންވެސް ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަންގެ ސަމާލުކަމަށް ގެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރާ ކަމަށް އޭސީސީ އިން ބުނެއެވެ. އަދި އެކި މަންސަ ތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލަމުންގެންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އެފަދަ ކަންކަން މިހާރުވެސް އަދި ކުރިއަށްއޮތްތަކުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމުގައި އޭސީސީ އިން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް