ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 08:58
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާގެ ނިޔަލަށް
ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ 2 ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައި
އެކަމަށް އެދުމުގެ ފުރުސަތު 24 ޖެނުއަރީ 2023 ގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލާފައިވާއިރު، މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި އަންގާރަ ދުވަހު ހަމަވާނެއެވެ.

ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ 2 ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު 24 ޖެނުއަރީ 2023 ގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮމިޝަނުގެ ފަހިރެސް ޕޯޓަލްގެ ޒަރީއާއިން ފޯމާއި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48،300 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 30،000 ރުފިޔާ އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާގެ އިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 3,300 ރުފިޔާއެވެ.

ހަމައެއާއެކު ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު)ގައި ވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް