ކ. މާލެ
|
23 ޖެނުއަރީ 2023 | ހޯމަ 07:15
އޭސީ މިލާނަށް ކުޅެމުން އަންނަ ޑެސްޓް
އޭސީ މިލާނަށް ކުޅެމުން އަންނަ ޑެސްޓް
ޓްވީޓަރ
އޭސީ މިލާން
ދާއިމީ އެއްބަސްވުމެއްގެ ދަށުން ޑެސްޓް ހޯދުމަށް އޭސީ މިލާނުން ބާސެލޯނާއާ މަޝްވަރާ ކުރަނީ
ޑެސްޓް ހޯދުމަށްޓަކައި ބާސެލޯނާ އަށް ދައްކަން ޖެހޭ 20 މިލިއަން ޔޫރޯ ދެއްކުމަށް އެ ކުލަބުން އޮތީ ތައްޔާރަށް

ދާއިމީ އެއްބަސްވުމެއްގެ ދަށުން ސާޖީނިއޯ ޑެސްޓު ހޯދުމަށް އޭސީ މިލާނުން ބާސެލޯނާއާއެކު މަޝްވަރާ ކުރަން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުުރުން 22 އަހަރުގެ ޑިފެންޑަރު އޭސީ މިލާނަށް ކުޅެމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ބާސެލޯނާާގައި ހުރުމަށް ފަހު އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާ އޭސީ މިލާނަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުން ހަމަވުމާއެކު، އޭސީ މިލާނުން ބޭނުންވެއްޖެނަމަ ދާއިމީ އެއްބަސްވުމެއްގައި އޭނާ ހޯދޭނެ މާއްދާ ވަނީ ހިމަނައިފަ އެވެ. އެހެންކަމުން އޭސީ މިލާނުން ބޭނުންވަނީ ޑެސްޓް ދާއިމީ އެއްބަސްވުމުއްގެ ދަށުން އެ ކުލަބުގައި މަޑުކުރަން ކަމަށާއި، އެކަމުގެ މަޝްވަރާތައް ބާސެލޯނާއާއެކު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން ދާއިމީ އެއްބަސްވުމެއްގެ ދަށުން ޑެސްޓް ހޯދުމަށްޓަކައި ބާސެލޯނާ އަށް ދައްކަން ޖެހޭ 20 މިލިއަން ޔޫރޯ ދެއްކުމަށް އެ ކުލަބުން އޮތީ ތައްޔާރަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އޭސީ މިލާނަށް ބަދަލުވެ ޑެސްޓް ވަނީ މިހާތަނަށް އެ ކުލަބަށް 13 މެޗު ކުޅެދީފަ އެވެ. މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވެސް ޑެސްޓް ވަނީ ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް