ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 13:36
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން
ރައީސް އޮފީސް
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ފްލެޓު ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި
ސޯޝަލް ހައުސިންގެ އެކްސްޕީރިއަންސް ޔުނިޓު އާންމުންނަށް ބަލާލުމަށް ހުޅުވާލެވިފައިވޭ
މިހާރު ހައުސިން ޔުނިޓުގެ އެކްސްޕީރިއެންސް 2 ޔުނިޓް ވަނީ ހަދާފައި

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، ހައުސިންގ ޔުނިޓް ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ސޯޝަލް ހައުސިންގެ އެކްސްޕީރިއަންސް ޔުނިޓު އާންމުންނަށް ބަލާލުމަށް ހުޅުވާލެވިފައިވާއިރު، ކޮންމެ ދުވަހަކުވެސް މެންދުރު 14:00ން ހަވީރު 18:00ށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ހުކުރު ދުވަހު ރައީސް ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ހައުސިން އެކްސްޕީރިއެންސް ޔުނިޓް ލޯންޗު ކޮށްދެއްވާފައެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނިގޮތުގައި މިހާރު ހައުސިން ޔުނިޓުގެ އެކްސްޕީރިއެންސް 2 ޔުނިޓް ވަނީ ހަދާފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އަޅަން ހަމަޖެހިފައި ވަނީ 650 އަކަފޫޓުގެ، ދެ ކޮޓަރީގެ އެޕާޓްމެންޓާއި 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމެންޓެވެ. ޕްރޮޖެކްޓްގެ މަސައްކަތްކުރިއަށް ދަނީ 2 ފޭސްއަކަށް ބަހާލައިގެންނެވެ. މި އަހަރު ތެރޭގައި 13 ޓަވަރުގެ މަސައްކަތް ނިންމާ މީހުން އާބާދުކުރެވޭނެ ކަަމަށް ލަފާކުރެވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ވެވުނު ލޯނު އެއްބަސްވުމެއްގެ ދަށުންންނެވެ. އެގްޒިމް ބޭންކާ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފައި ވަނީ 267 މިލިއަން ޑޮލަރުގެ ބަޔާސް ކްރެޑިޓް ފެސިލިޓީއެއްގަ އެވެ.

މި ފެސިލިޓީއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމަށް ސަރުކާރުގެ ސަވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެވެ. މިއީ 130 މިލިއަން ޑޮލަރުގެ ލޯނަކާއި 137 މިލިއަން ޑޮލަރުގެ ލޯނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް