ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 13:02
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް އޮފީސް
ޗައިނާގެ އައު އަހަރު
ރައީސް ސާލިޙު ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެއްޖެ
 
އުންމީދަކީ މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިވެގެންދާނެ އަހަރަކަށް ވުން
 
3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ ފަތުރުވެރިންވެސް ރާއްޖެ އަންނަން ވަނީ ފަށާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ދަންނަވައިފިއެވެ.

އާދިއްތަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ޗައިނާގެ އައު އަހަރު ޗައިނާ ސަރުކާރާއި އެންމެހާ ރައްޔިތުންނަށްވެސް އަމާންކަމާއި އުފާ ފާޤަތިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މި ފެށޭ އައު އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިވެގެންދާނެ އަހަރަކަށް ވުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، 3 އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ ފަތުރުވެރިންވެސް ރާއްޖެ އަންނަން ވަނީ ފަށާފައެވެ. އެގޮތުން 2020 ވަނަ އަހަރަށްފަހު ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފްލައިޓް ބުދަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ އެރައިވަލް ޗާޓްތަކުގެ އެއްވަނައިގައި އޮތް ގައުމުވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް