ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 18:30
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ހުރަވީ ބަލިކޮށް ގުރައިދޫ އަށް ފުރަތަމަ މޮޅު
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގުރައިދޫ ސްކޫލް އިން ކާމިޔާބުކުރީ 2-1 އިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ހުރަވީ ސްކޫލް ބަލިކޮށް، ގުރައިދޫ ސްކޫލް އިން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ގްރޫޕް ސީ ގައި ހޮނިހިރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ގުރައިދޫ ސްކޫލް އިން ކާމިޔާބުކުރީ 2-1 އިންނެވެ. މުބާރާތުގައި ގުރައިދޫން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އިސްކަންދަރު ސްކޫލް އަތުން ބަލިވެފަ އެވެ. ހުރަވީ ސްކޫލް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އަމީނިއްޔާ ސްކޫލް ބަލިކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ގުރައިދޫންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މޫސާ އައިލަމް އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ލީޑު ދެ ލަނޑަށް ފުޅާކޮށްދިނީ ޙުސެއިން ރަޒީން އެވެ. މެޗުގައި ހުރަވީ ސްކޫލްގެ ހަމައެކަނި ލަނޑު 51 ވަނަ މިނެޓުގައި ޖެހީ އަސްހާމް އާދިލް އެވެ.

މުބާރާތުގައި ގުރައިދޫ އަށް ދެން އޮތީ އަމީނިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. ހުރަވީ އަށް އޮތީ އިސްކަންދަރާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް