ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 18:28
މެމްބަރު އަލީ ރިޒާ
މެމްބަރު އަލީ ރިޒާ
ރާއްޖެއެމްވީ
ސިޔާސީ މަޝްރަހު
މިދިޔަ 50 އަހަރު ތެރޭގައި އެންމެ ފުރިހަމަ އަށް ސިޔާސީ މަސައްކަތްކުރެއްވީ ރައީސް: އަލީ ރިޒާ
 
ކުރިއަށް އޮތް ޕްރައިމަރީ ރައީސް ޞާލިހު އަށް ބޮޑުތަނުން ކާމިޔާބުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވި
 
ސިޔާސީ މަސައްކަތުގެ ބޭނުމަކީ ތިމާ އާއި ވަޒަނާއި އަވަށްޓެރިންނަށް މަންފާ ހޯދާދިނުން ކަމަށް އޭނާ ވިދާޅުވި

މިދިޔަ 50 އަހަރު ތެރޭގައި އެންމެ ފުރިހަމަ އަށް ސިޔާސީ މަސައްކަތްކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވަހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާސީ މަސައްކަތަށް ނުކުންނެވި އިރު އެ މަސައްކަތަކީ ކީއްކުރަން ކުރާ މަސައްކަތެއްތޯ ސުވާލު އުފެދުނު ކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ މަސައްކަތުގެ ބޭނުމަކީ ތިމާ އާއި ވަޒަނާއި އަވަށްޓެރިންނަށް މަންފާ ހޯދާދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ނޫން ގޮތަކަށް ސިޔާސީ މަސައްކަތް ކުރާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މި ވެރިކަމުގައި އެކަން ކޮށްފައި ވަނީ ވަރަށް ފުރިހަމަ އަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 1300 އަށް ވުރެ ގިނަ ޕްރޮޖެކްޓް މި ސަރުކާރުން ހިންގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ޕްރައިމަރީ ރައީސް ޞާލިހު އަށް ބޮޑުތަނުން ކާމިޔާބުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އިން ރައީސް ޞާލިހު އާއި އެކު ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށެވެ. ހއ.ތުރާކުނުން ފެށިގެން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތާރު އަޅަމުން އަންނަ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ޞާލިހު އަށް ކުރިއަށް އޮތް އިންތިޚާބުގެ ސާފު އަޢުލަބިއްޔަތު ލިބޭނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިސަރުކާރުން ބިންގާ އެޅުމުގެ އުސޫލު ގަބޫލު ނުކުރާ ކަމަށާއި ސަރުކާރުން ބޭނުންވަނީ މަސައްކަތް ނިންމާ މަސައްކަތުގެ ލައްޒަތު ފޯރުކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ބޭނުންފުޅު ވަނީ ވީހާވެސް ރަނގަޅު ކޮލިޓިގައި މަސައްކަތްތައް ކުރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް