ކ. މާލެ
|
30 ޖޫން 2017 | ހުކުރު 08:46
ޑޮމިނޯސްގެ ލޮޓާ ޗޮކާ ޕިއްޒާ
ޑޮމިނޯސްގެ ލޮޓާ ޗޮކާ ޕިއްޒާ
ލޮޓާ ޗޮކާ ޕިއްޒާ
ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި
ޕިއްޒާގައި ހަތަރު ފޮތި ހުރޭ

ޑޮމިނޯސްގެ ފަރާތުން ޗޮކްލެޓް ޕިއްސާއެއް ތައާރަފްކޮށްފިއެވެ. 

މުޅިން އަލަށް ބަޒާރަށް ނެރޭ ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

މި ޕިއްޒާ އުފައްދާފައިވަނީ ޑޮމިނޯސްގެ 6 އިންޗީގެ ޕިއްޒާ ފުއްގަނޑެއްގެ މައްޗަށް މިލްކު ޗޮކުލެޓް މެލްޓް ކުރުމަށް ފަހުގައެވެ. މި ޕިއްޒާއަކީ ހަތަރު ފޮތި ހުންނަ ގޮތައް ތައްޔާރުކޮށްފައިވާ ކުޑަ ޕިއްޒާއެކެވެ. އަދި ޕިއްޒާ ތައްޔާރުކޮށްފައިވަނީ އެއް ޕިއްޒާއިން ހަތަރު މީހުންނަށް ކާލެވޭ ގޮތަށެވެ.

ޑޮމިނޯސް ކުންފުނި އުފެއްދިގެންދިޔައީ 1960 ވަނަ އަހަރުއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2016 ވަނަ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 214.7 ބިލިއަން ޔޫއެސް ޑޮލަރު ލިބިގެންދިޔައެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ޖުމްލަ 260،000 މުވައްޒަފުން ޑޮމިނޯސް ކުންފުނީގެ ފަރާތުން ގެންގުޅެއެވެ.

މި ކުންފުންޏަކީ ދެބެއިން ކަމަށްވާ ޓޮމް އާއި ޖޭމްސް ވުޖޫދަށް ގެނައި ކުންފުންޏެކެވެ. ޑޮމިނޯސް އުފެއްދިގެން އައީ މި ދެބެއިން ޑޮމިނިކްސް ނަމަކަށް ކިޔާ ކުޑަ ޕިއްޒާ ސްޓޯރެއް 500 ޑޮލަރަށް މީހެއްގެ އަތުން ގަތް ހިސާބުންނެވެ.

ޕިއްޒާ ސްޓޯރ ޑޮމިނިކްސްގެ ނަމުގައި ހިންގަމުން އައިތާ އަށް މަސް ފަހުން ކުރީގެ ޕިއްޒާ ސްޓޯރުގެ ވެރިޔާ ޑޮމިނިކްސްގެ ނަމުގައި އިތުރަށް އެތަން ހިންގާކަށް ހުއްދައެއް ނުދިނެވެ. ދެން ކިޔާނެ ނަމަކާ މެދު ކަންބޮޑުވެގެން އުޅެނިކޮށް އެތާނގެ މުވައްޒަފަކު ހުށަހެޅީ ޑޮމިނޯސް ކިޔުމަށެވެ. އެހުށަހެޅުމާއެކީ މިނަން ވެގެންދިޔައީ ދެބެއިނަށް ވަރަށް ކަމުދާ ނަމަކަށެވެ. އަދި މި ދެބެއިންވަނީ ރަސްމީކޮށް 1965 ވަނަ އަހަރު ޑޮމިނިކްސްގެ ނަން ޑޮމިނޯސްއަށް ބަދަލުކޮށްފައެވެ.

1998ޓޮމް ވަނީ ވަނަ އަހަރު އޭނާގެ ހިއްސާގެ 93 ޕަސަންޓް ވިއްކާލާފައެވެ. އަދި ދާއިމީކޮށް ޑޮމިނިކްސްގެ މަސައްކަތްތާ ދުރަށް ޖެހިލިކަން ވެސް އިއުލާންކޮށްފައެވެ.   

           

      

  

 

- ކޮމެންޓް