ކ. މާލެ
|
20 ޖެނުއަރީ 2023 | ހުކުރު 18:16
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
ރާއްޖެއެމްވީ
އެމްޑީޕީގެ ޕްރައިމަރީ
ރައީސް ޞާލިހު އަކީ ހިތްތިރިކަމާއި ކެތްތެރިކަމުގެ ލާމަސީލު މިސާލެއް: ރިޒާ
 
މި ސަރުކާރަކީ ވައުދުވެ ވައުދު ފުއްދާ ސަރުކާރެއްކަން ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ
 
ކުރިއަށް އޮތް ޕްރައިމަރީ ރައީސް ޞާލިހު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށް ވެސް އޭނާ ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަކީ ހިތްތިރިކަމާއި ކެތްތެރިކަމުގެ ލާމަސީލު މިސާލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ށ.މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އެންމެ ފުރިހަމަ އަށް އަޑު އެހުމުގެ ގާބިލްކަން ހުރި ބޭފުޅަކީ ވެސް ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމުގައި ރައީސް ވަރުބަލި ވެވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނަކީ އެންމެނާއި އެކުގައި އުޅެވޭ ފަދަ ހިތްތިރި ބޭފުޅެއް ކަަމަށް ރިޒާ ވަނީ ވިދާޅުވެފައެވެ. އެންމެންނާއި ވާހަކަދައްކަވާ ސަމާސާ ކުރައްވާ ބޭފުޅަކަށް ވުން އެއީ ރައީސް އަށް ވޯޓުދޭން ޖެހޭ އެންމެ މުހިންމު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރަކީ ވައުދުވެ ވައުދު ފުއްދާ ސަރުކާރެއްކަން ސަރުކާރުން ސާބިތު ކޮށްދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް އާއި އެކުގައި ހުންނެވީ އެ ސަބަބާއި ހުރެ ކަމަށް ރިޒާ ވަނީ ވިދާޅުވެފައެވެ. އަދި ށ.އަތޮޅުގައި ސަރުކާރުން ވަރަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ޕްރައިމަރީ ރައީސް ޞާލިހު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަަކަދައްކަވަމުން އަލީ ރިޒާ ވިދާޅުވީ ރައީސް އަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވާ ތަރައްޤީ ކުރައްވާ ބޭފުޅެއް ކަމަށާއި އެކަމާއި ރައްޔިތުން ތިބީ އުފަލުންކަމަށެވެ. މީގެ އިތުރުން ރައީސް ޞާލިހު ވަކި ރަށެއް ބެއްލެވުމެއް ނެތި ތަރައްޤީ ގެންނަވަމުންދާ ކަމަށާއި ރައްޔިތުން ތިބީ އެފަދަ ޚިދުމަތަކަށް ބޭނުންވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހު ވަނީ ކުޑަ ރަށްރަށުގެ މީހުންނަށް އުފާވެރިކަން ހޯއްދަވާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް