Advertisement
ކ. މާލެ
|
20 ޖެނުއަރީ 2023 | ހުކުރު 06:56
ރައީސް ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެންނެވުން
ރައީސް ކެމްޕޭނަށް ލ. އަތޮޅަށް ވަޑައިގެންނެވުން
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ތަކުރާރުކޮށް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވޭނެ ކަމަށް
ރައްޔިތުން ބޭނުންވަނީ މި ސަރުކާރުން ގެންނަ ތަރައްގީއާއެކު ކުރިއަށްދާން
ބޮޑުތަނުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

ކުރިއަށްެއޮތް އެމްޑިޕީ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ބުރާސްފަތި ދުވަހުގެރޭ ލ. އަތޮޅަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ލ. އަތޮޅަށް ވަޑައިގެންނެވީ ހއ. ހދ. އަދޮ ށ. އަތޮޅަށް ވަޑައިގެންނެވުމަށްފަހުގައެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބޭނުންވަނީ ރާއްޖޭގެ ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަރުގައި އެމްޑީޕީއާއެކު ކުރިއަށްދާކަން ކަމަށެވެ. މި ސަރުކާރު ދެމެހެއްޓޭ ކަމަށްވާނަމަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ރަށްރަށުގެ ރައްޔިތުންނަށް އެބައޮތް ކަމަށާއިި، ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެންނަނީ ބޮޑުތަކުން މި އިންތިޚާބު ކާމިޔާބުކުރެވޭނެ މަންޒަރު ކަމުގައި ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ޕްރައިމަރީގައި ނިންމާ ނިންމުން އެއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމާ ދޭތެރޭގައި ތިބޭފުޅުން ނިންމާ ނިންމުމެއް. ކުރިމަތީގައި އޮތީ ދެމަގު، އެނބުރި ފަހަތަށް ގޮސް އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނާމާންކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީތޯ. ނޫނީ އަޅުގަނޑުމެން މި ގެންނަ ރައްޔިތުން ބޭނުންވާ ތަރައްގީއައިގެން އަޅުގަނޑުމެން ކުރިއަށްދާނީތޯ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ވަނީ މި އިންތިޚާބު ކާމިޔާބުކުރުމަކީ ހަމައެކަނި އެމްޑީޕީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. މި އިންތިޚާބު ކާމިޔާބުކުރުމަށް އެހެން ފަރާތްތަކުގެ އެހީތެރިކަންވެސް ބޭނުންވެވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު ނުކުމެވަޑައިގެން އެ ހުންނެވީ އެމްޑީޕީ މަގުމަތިވާން ބޭނުންވެވަޑައިނުގަންނަވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް