Advertisement
ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 19:19
ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރާއްޖެއެމްވީ
ސިޔާސީ މަސްރަހު
ތާއަބަދަށް މުޒާހަރާ ކުރުން ރަނގަޅެއް ނޫން، ފަހަތަށް ގޮސް މަގުމަތިވުން ރަނގަޅެއް ނޫން: ރައީސްް
އެއަށްވުރެ ރަނގަޅު ގޮތް ފެނުމުން ދާންވާނީ ކުރިއަށް ކަމަށާއި، އެނބުރި ފަހަތަށް ގޮސް މަގުމަތިވުން ރަނގަޅުނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައި
މި ސަރުކާރުން ކަންކަން ކުރަމުން ދަނީ އިންތިޒާމްތަކާއެކު، ގާނޫނުގައި ލިޔެ، ތަރުތީބުން ކަމަށްވެސް ރައީސް ވިދާޅުވި

ތާއަބަދު މުޒާހަރާކުރުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫންކަމަށާއި ފަހަތަށް ގޮސް މަގުމަތިވުމަކީ އެ ޕާޓީގެ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ތެރެއިން ބުރާސްފަތި ދުވަހު މެންދުރު މިލަންދޫއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. އެހެންނަމަވެސް ތާއަބަދު އެކަން ކުރަން ޖެހުމުން، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއަށްވުރެ ރަނގަޅު ގޮތް ފެނުނީމަ، ދާންވާނީ ކުރިއަށް ކަމަށާއި އެނބުރި ފަހަތަށް ގޮސް މަގުމަތިވުން ރަނގަޅު ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން މި ސަރުކާރުން ކަންކަން ކުރަމުން ދަނީ އިންތިޒާމްތަކާއެކު، ގާނޫނުގައި ލިޔެ ތަރުތީބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެެހެންމެ ފާއިތުވި ސަރުކާރުން ގަވާއިދާ ޚިލާފަށް ކޮށްފައި ހުރި ކަންތައްތަކުން މިއަދުގެ ސަރުކާރަށް އަރައިގަންނަން ދަތިވާކަން ރައީސް ފާހަގަކުރެއްވިއެވެ، އޭގެ އެއް މިސާލަކީ ނިލަންދޫ ކަމަށާއި، މީގެ 20ށްވުރެ ގިނަ އަހަރު ކުރިން ދަނޑުވެރިކަމަށް އެ ރަށް ދޫކުރި ނަމަވެސް، އެރަށުން އެ އަތޮޅަށް ފައިދާއެއް ނުވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހެދިފައި ހުރި އެގްރީމެންޓްގެ ބޭރުން ކަންކަން ކުރުމުން ދެން އަންނަ ސަރުކާރުތަކަށް އެކަންކަމުގެ ތަކުލީފު އުފުލަން ޖެހޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް