ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 07:06
އާމިނަތު ސިލްވިއާ - ކުޑަ މުސާރައާއެކު އާއިލާގެ ކަންކަން ފޫބައްދަން ދަތި
އާމިނަތު ސިލްވިއާ - ކުޑަ މުސާރައާއެކު އާއިލާގެ ކަންކަން ފޫބައްދަން ދަތި
ރާއްޖެއެމްވީ
ސިލްވިއާގެ ހާލަތު
6 މީހުންނާއެކު 1 ކޮޓަރީގައި އުޅެމުންދިޔަ ސިލްވިއާގެ ހާލަތު ބަދަލުވި ގޮތަކީ މިއީ
 
ގިނަ މަސްމަހު 10އާ ހަމައަށް ދާއިރުވެސް ކުލި ނުދެއްކޭ
 
6 މީހުން އެއް ކޮޓަރިއެއްގައި އުޅުނުއިރު، އެތަނުގައި ހުންނަނީ 1 ފާޚާނާއާއި ކުޑަކުޑަ ސިޓިންގރޫމެއް

މާލޭގައި ދިރިއުޅެންޖެހޭ ދަތިހާލުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ. ވަކިން ޚާއްސަކޮށް އަތް ނުފޯރާފަށުގެ ކުއްޔާއި އެހެނިހެން ކަންކަމުގެ ވާހަކައެވެ. އަދި ވަޒީފާތަކުން ލިބޭ ކުޑަ އުޖޫރައިގެ ވާހަކައެވެ.

ނަމަވެސް ކޮންމެވެސް ކަހަލަ މަޖުބޫރެއް ދިމާވެގެން ހާލުގައި އުޅެން ޖެހެއެވެ. އެފަދަ އެކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މަސައްކަތްކުރާ އާމިނަތު ސިލްވިއާއެވެ. އެމްޕީއެލްގެ އެޗްއާރް ޑިޕާޓްމަންޓުގައި ސީނިއަރ އޮފީސް އެޓެންޑެންޓުގެ މަގާމުގައި މަސައްކަތްކުރާ ސިލްވިއާ އޭނާ އުޅެމުންދިޔަ ހާލު ކިޔައިދެމުން ދިޔައިރު އެ މަންޒަރު ކޮންމެ މީހަކަށްވެސް ސިފަވާނެއެވެ.

ސިލްވިއާގެ ހާލަތު ކިޔައިދެމުން އޭނާ ބުނީ، ކުރީގައި އޭނާގެ މުސާރަ ވަރަށް ކުޑަ ކަމަށެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަންނަންވެސް އުނދަގޫ ކަމަށާއި، ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި، ކުލި، އަދި ފެންބިލާ ކަރަންޓް ބިލްފަދަ ހުރިހާ ކަމަށްވެސް އެހާ ދަތި ކަމަށެވެ. މީގެ ކުރިން ގިނަ މަސްމަހު 10 އަންނައިރުވެސް ކުލި ނުދެއްކޭ ކަމަށެވެ.

އާމިނަތު ސިލްވިއާ އޭނާގެ ދަރިފުޅަށް ކިޔަވައިދެނީ - ރާއްޖެއެމްވީ

އޭނާގެ އާއިލާ ގޮވައިގެން އުޅުނު ތަނުގެ ހާލަތު ކިޔައިދެމުން ސިލްވިއާ ބުނީ، އާއިލާގެ 6 މެންބަރުންނާއެކު އުޅެމުން ދިޔައީ ކުޑަ އެއްކޮޓަރީގައި ކަމަށެވެ. އެތަނުގައި އޭނާގެ 2 ދަރިން، މާމަ ދަރިފުޅު، ދަނބި ދަރިފުޅު އަދި ކޮއްކޮ އުޅޭކަމަށެވެ. 6 މީހުން އެއްކޮޓަރިއެއްގައި އުޅުނުއިރު އެތަނުގައި ހުންނަނީ 1 ފާޚާނާއާއި ކުޑަކުޑަ ސިޓިންގރޫމެއް ކަމަށެވެ.

ދަނބިދަރިފުޅުވެސް ވަޒީފާއަށް ދިޔަ ނަމަވެސް، ކުރަންޖެހޭ ޚަރަދުވެސް މަދެއް ނުވާނެ ކަމަށާއި، އަންބަކާއި ކުޑަ ކުއްޖެއް ހުރުމުން ބާކީވާ އެއްޗެއް ނޯންނަ ކަމަށެވެ.

އަބަދުވެސް ބޭނުން އާ ތަނަކަށް ބަދަލުވާން. އެކަމަކު ކުޑައެއްޗެއް ލިބެނީ ކޮންމެ މީހަކަށް ވެސް. އެހެންވެ އަސްލު އެހާ ކުޑަކުޑަ ތަންކޮޅެއްގަ އުޅެން މަޖުބޫރުވީ. މިނިމަމްވޭޖް އައިފަހުން ބޮޑު ތަނަކަަށް މި ބަދަލުވީ. ބަދަލުވިފަހުން ގާތްގަނޑަކަށް 16 ހާސް ރުފިޔާ މިހާރު ކުއްޔަކީ. ކުރީގަ އެހުރި އެއްވެސް ކަމަކަށް މިހާރު ވިސްނާކަށްނުޖެހޭ. ކޮންމެ މަހެއްގެވެސް 5 ހިސާބުގަ ފެންބިލް، ކަރަންޓްބިލް، އަދި ކުލި ދައްކާ ނިންމާލެވޭ. ގެއަށް ބޭނުންވާ އެއްޗެހިވެސް ގަނެވޭ މިހާރު އެއްވެސް ދައްޗަކާ ނުލާ.
އާމިނަތު ސިލްވިއާ

އާއިލާ ގޮވައިގެން ސިލްވިއާ ދިރިއުޅެމުން ދިޔަ ހާލަތު ބަދަލުވެގެން ދިޔައީ އެންމެ ކަމަކުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ހިސާބުންނެވެ.

1 ޖެނުއަރީ 2022ން ފެށިގެން މިނިމަމްވޭޖް ތަންފީޒުކުރަން ފެށުމާއެކު، ދިވެހި އެތައް އާއިލާއަކަށް ވަނީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިވެފައެވެ.

އާމިނަތު ސިލްވިއާ - ރާއްޖެއެމްވީ

މީގެ ކުރިން 6 މީހުންނާއެކު އެއް ކޮޓަރީގައި ކުޑަ މުސާރައާއެކު އުޅުނުއިރު މުސާރައާމެދު ވިސްނަން ޖެހުނަސް، ސިލްވިއާ ބުނާގޮތުން މިއަދު އެކަމާ ވިސްނާކަށް ނުޖެހެއެވެ. މިހާރު ހުރިހާކަމެއް ބަރާބަރަށް ކޮށްލެވޭނެކަމުގެ ޔަގީންކަން އޮންނަކަމަށް ސިލްވިއާ ބުންޏެވެ.

ވަރަށް ހިތްހަމަޖެހޭ. މިނިމަމްވޭޖްވެސް ގެނެސްދިނީ މި ސަރުކާރުން. ވަރަށް ބަރާބަރު އިރާދަކުރެއްވިއްޔާ. ކުރިން އުޅުނު ހާލު މިހާރު ހަނދާނެއްވެސް ނެތް. އެހާ އުފާވެރިކޮށް މިއުޅެނީ.
އާމިނަތު ސިލްވިއާ

ސިލްވިއާއެކޭ އެއްގޮތަށް މިއަދު އެތައްހާސް ދިވެހިންގެ މުސާރައަށް ވަނީ ހެޔޮ ބަދަލު އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
13%
4%
52%
7%
14%
ކޮމެންޓް
ގުޅުންހުރި
މިހާރު ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލްކުރުމަށް ސިޓީ ކައުންސިލާއި އެޗްޑީސީން ގިނަ މަަސައްކަތްތަކެއް ކޮށްދީފައިވޭ: މިނިސްޓަރު
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭކަމަށް އުސޫލުގައިވެސް ހިމަނައި، އައު އުސޫލަށް އަމަލުކުރަން ފަށައިފި
އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފަށައިފި
މާލޭ މަގުމައްޗަށް ކުނިއަޅަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ފުލުހުންނާއި ހަވާލުކޮށްފި
ކުނިއަޅާ މީހުން ދެނެގަތުމަށް ކުރިއަށް އޮތްތަނުގައި މޯބައިލް ކެމެރާތަކެއް ހަރުކުރަނީ
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް