Advertisement
ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 14:38
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
ރާއްޖެއެމްވީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރައީސް ސާލިޙު ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ރާއީ
ރަށްތަކަށް މި ސަރުކާރުން ގެނެސްދީފައިވާ ލުއި ފަސޭހަތަކަށްވެސް އަލިއަޅުވާލައްވާފައިވޭ
އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން ރައީސް ސާލިޙު ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދު އެބައޮތް

ރައީސް ސާލިޙު ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ހދ ކުމުންދޫގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މި ސަރުކާރުން އެތައް ކަމެއް ކޮށްދީފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތަށް "އަންނަނީ" ގައި ހުރި ކަންކަމަށްވުރެ ބޮޑަށް ގިނައީ "އައިސްފައި" ހުރި އަދި ކޮށްދީފައިވާ ކަންކަން ކަމަށެވެ.

އޭގެ ތެރެއިން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުމާއި، ޓީޗަރުންގެ މުސާރަ ބޮޑު ކުރުން ފަދަ އެތައް ކަމެއް ހިމެނޭކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ އިތުރަށް ވިދާޅުވީ، ޕްރޮޖެކްޓުތަކުގެ ވާހަކަތައްވެސް އޮތީ ހަމަ އެގޮތަށް ކަމަށެވެ. އެގޮތުން 5 އަހަރުގެ ދައުރަކަށް ރައީސަކު އައްޔަނު ކުރައްވާއިރު، ރައީސް ސާލިޙު ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރާއީ ވިދާޅުވިއެވެ.

Advertisement

ރާއީ ވަނީ އެ ދާއިރާގެ ރަށްތަކަށް މި ސަރުކާރުން ގެނެސްދީފައިވާ ލުއި ފަސޭހަތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އާރްޓީއެލް ފެރީގެ ނިޒާމާއި، ކުރިއަށް ފަށަން ހުރި މަޝްރޫއުތަކަށްވެސް އޭނާ ވަނީ އަލިއަޅުވާލައްވާފައެވެ.

ރާއީ ވިދާޅުވީ، ތަރައްޤީގެ ވާހަކަ ދައްކާއިރު ރައްޔިތުންނަށް ލިބެމުންދާ ކަންކަމުގެ ވާހަކަވެސް ތެދު ހަގީގަތަށް ދައްކަންޖެހޭ ކަމަށެވެ. އެގޮތުން ދިމާއަށް ފެންނަންހުރި، އަދި މި ސަރުކާރުން ކުރަމުންދާ އަދި ފަށާފައިވާ މަސައްކަތްތައް ބަލާލަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ކޮވިޑުގެ ޙާލަތުގައި މި ސަރުކާރުން މެނޭޖުކުރި ގޮތަށްވެސް ރާއީ ވަނީ ތައުރީފު ކުރައްވާފައެވެ.

ރާއީ ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ރަނގަޅު ވަގުތުގައި ރިއެކްޓް ކުރައްވާ ގޮތަށް ދެންވެސް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން ރައީސް ސާލިޙު ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށްވެސް ރާއީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް