ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 09:36
އުމްރާ އަޅުކަމަށް ހުޅުވާލުން
އުމްރާ އަޅުކަމަށް ހުޅުވާލުން
-
އުމްރާ
އުމްރާއަށް ދާ ފަރާތްތަކަށް ދޭ އިންޝުއަރެންސްގެ އަގު ހެޔޮކޮށްފި
 
ކުރިން 235 ރިޔާދު (956.04 ރުފިޔާ) އަށް ލިބޭ އިންޝުއަރެންސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަނީ 87 ރިޔާދު (354.66 ރުފިޔާ) އަށް އަގު ހެޔޮކޮށްފައި

ސައުދީ އަރަބިއްޔާއިން އެހެން ޤައުމުތަކުގެ އުމްރާވެރިންނަށް ދެމުން އަންނަ އިންޝުއަރެންސްގެ އަގު ހެޔޮކޮށްފިއެވެ.

މިއީ އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުކޮށް، ގިނަ ބަޔަކަށް ފަސޭހަކަމާއެކު އުމްރާގެ އަޅުކަން އަދާ ކުރެވޭނެ ގޮތް ހެދުމަށް ސައުދީން ނިންމި ނިންމުމެކެވެ. އެގޮތުން، އުމްރާ އިންޝުއަރެންސްގެ އަގު މިހާރު ވަނީ 63 އިންސައްތަ ކުޑަކޮށްފައެވެ.

މި ބަދަލާއެކު ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ ކުރިން 235 ރިޔާދު (956.04 ރުފިޔާ) އަށް ލިބޭ އިންޝުއަރެންސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 87 ރިޔާދު (354.66 ރުފިޔާ) އަށް އަގު ހެޔޮކޮށްފައެވެ.

އުމްރާ އިންޝުއަރެންސަކީ އުމްރާގެ އަޅުކަމަށްދާ ފަރާތްތަކަށް ވިސާއާއެކު ނަގަން ޖެހޭ އިންޝުއަރެންސެކެވެ. މި އިންޝުއަރެންސްގެ ބޭނުމަކީ ސައުދީން ބޭރުން އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ފަރުވާ ދިނުމާއި ހޮސްޕިޓަލު ހަރަދާއި ވިހެއުމާއި އެކްސިޑެންޓު ފަދަ އިމަޖެންސީ ހާލަތްތަކުގައި ކަވަރު ކުރާ އިންޝުއަރެންސެކެވެ.

މީގެ އިތުރުން މި އިންޝުއަރެންސުން އުމްރާގެ އަޅުކަމަށް ގޮސް ހުއްޓައި ދިމާވާ ކަމެއްގެ ސަބަބުން ނުކުޅެދުންތެރިކަން ދިމާވުމާއި ފްލައިޓް ޑިލޭވުމުން ދޭން ޖެހޭ ބަދަލާއި ފްލައިޓް ކެންސަލް ވުމުން ދޭން ޖެހޭ ބަދަލާއި މަރުވުމުގެ ހާލަތުގައި ވެސް ހުރިހާ ޚަރަދުތަކެއް ކަވަރު ކުރާނެއެވެ. މީގެ ތެރޭގައި މަރުވާ މީހުންގެ ހަށިގަނޑު އަނބުރާ ޤައުމަށް ފޮނުވުމުގެ ޚަރަދުވެސް ހިމެނެއެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އިންޝުއަރެންސްގެ މުއްދަތަކީ އެ ޤައުމަށް ދާ ދުވަހުން ފެށިގެން 90 ދުވަހެވެ.

އެ މިނިސްޓްރީން ވަނީ ދާދި ފަހުން ސައުދީއަށް ޓޫރިސްޓް ވިސާ އަދި ކޮމަރޝަލް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާާ ނުކުރެވޭގޮތް ވެސް ހަދައިފައެވެ. މީގެ އިތުރުން ކޮވިޑުގެ ކުރިން އެ ޤައުމުން ޙައްޖު ކޯޓާ ދޫކުރި ވަރަށް މިއަހަރުން ފެށިގެން ޙައްޖު ކޯޓާ ދޫކުރުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
ބައިނަލް އަގްވާމީ ގޮތުން ބަލައިގަންނަ މިނިވަން ފަލަސްތީން ދައުލަތަކަށް ސައުދީން ތާއީދު ކުރަން: ވަލީއަހުދު
ހައްޖު ޕާމިޓް ނެތި މައްކާއަށް އެތެރެވާ މީހުންނަށް ބޮޑުތި އަދަބުތަކެއް ސައުދީ ސަރުކާރުން ކަނޑައަޅައިފި
ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި
ފައިސާ ދެއްކުމުގައި ސަމާލުވޭ، ހުއްދަ ނެތް ގްރޫޕްތަކުން އުމްރާއަށް މީހުން ގެންދަނީ ''ސައޫދީ ޓުއަރ''ގެ ނަމުގައި
ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ޚިލާފަށް އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ އެފަރާތަކުން : އިސްލާމިކް މިނިސްޓްރީ
ފަރީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާޒްގެ އެއްވެސް ގްރޫޕަކަށް މައްސަލައެއް ދިމައެއްނުވޭ، އުމްރާވެރިން އެނބުރި މާލެއަށް އަންނަން ފަށައިފި