Advertisement
ކ. މާލެ
|
17 ޖެނުއަރީ 2023 | އަންގާރަ 08:36
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން
ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން
ރައީސް އޮފީސް
ކެމްބޯޑިއާގެ ބޮޑުވަޒީރު
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާދެންނެވުން އޮތީ ހޯމަދުވަހު ހެނދުނު
ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާފައި
ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު 6 އެެއްބަސްވުން ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ފުރާވަޑައިގެންފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.

މިދަތުރުފުޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޙަބާދެންނެވުން އޮތީ ހޯމަދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް މާލޭ އިއްޒުއްދީން ފާލަމުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރަސްމީ މަރުޙަބާއަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވާފައެވެ. ދެބޭފުޅުންގެ ރަސްމީ މިބައްދަލުކުރެއްވުމުގައި، ކެމްބޯޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

Advertisement

މީގެ އިތުރުން އެކިދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދިވެހިރާއްޖެ އާއި ކެމްބޯޑިއާ އާއި ދެމެދު ބަދަލުކުރެވުނު 6 އެެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާއާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެއްވި، މެންދުރުގެ ރަސްމީ ފަރިއްކޮޅު އޮތީ ހޯމަ ދުވަހު މެންދުރު އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށީގައެވެ. މިފަރިއްކޮޅުގައި ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވަނީ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ހޯމަދުވަހު މެންދުރުފަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިއްމު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް