ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 22:04
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
ފަހަތުން އަރައި ހިރިޔާ އިން ޢަރަބިއްޔާއާއި އެއްވަރުކޮށްފި
ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިން

އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ޢަރަބިއްޔާ ސްކޫލާއި ހިރިޔާ ސްކޫލް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޢަރަބިއްޔާ ސްކޫލުންނެވެ. އެ ޓީމަށް މެޗުގެ 24 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޢަނޫފް ޢަބްދުﷲ އެވެ. ނަމަވެސް އޭގެ ފަހުން ހިރިޔާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 43 ވަނަ މިނެޓުގައި ހިރިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިޒާން އަޙުމަދެވެ. މި ދެ ޓީމު އޮތީ ގްރޫޕް ބީގަ އެވެ.

ގްރޫޕް ބީ ގައި ދެން އޮތީ ތާޖުއްދީން ސްކޫލާއި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އެވެ.

- ކޮމެންޓް