ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 16:20
ފެރިދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން
ފެރިދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން
ޕްލޭނިން މިނިސްޓްރީ
ފެރިދޫ ބަނދަރުގެ މަސައްކަތް
ފެރިދޫ ބަނދަރު އަޕްގްރޭޑިން މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފި
މިއީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެއް
މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމަންޖެހޭ

އއ. ފެރިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަސައްކަތުގެ ދަށުން 7،848 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 23،579 ކިއުބިކް މީޓަރަށް އައު ބަނދަރު ފުން ކުރުމާއި، 4،268 ކިއބިކް މީޓަށް ނެރު ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 147 މީޓަރ ބްރޭކްވޯޓަރ ޖެހުމާއި، ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި، 10 މީޓަރ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި، 90 މީޓަރ ރިވެޓްމެންޓް ޖެހުމާއި، 213 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 213 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 51 މޫރިންގ ރިންގް ހަރުކުރުމާއި، 10 މޫރިންގ ބޮއި ހަރުކުރުމާއި، 90 އަކަ މީޓަރ ރޭންޕެއް ހެދުމުގެ އިތުރުން އެކްސެސް ޕްލެޓްފޯމް އެޅުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި 02 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 9 މަގު ބައްތި ހަރުކުރުމާއި، 2،481 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީީސީއާ ހަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

- ކޮމެންޓް