Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 07:36
އާރްޓީއެލް މިނީ ބަސް
އާރްޓީއެލް މިނީ ބަސް
ރާއްޖެއެމްވީ
އާރްޓީއެލް މިނީ ބަސް
ސޯސަން ރޫޓުގެ ބަސް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި
އޯކިޑް ރޫޓުގެ ދަތުރުތައް މަޖީދީ މަގަށް ވަނީ ބަދަލުކޮށްފައި
މަގު ހުޅުވާލުމުން ބަސް ދަތުރުތައް އާންމު ރޫޓުތަކުން ދަތުރުކުރާނެ

މާލެ ސަރަހައްދުގައި އާރްޓީއެލް މިނީ ބަހުގެ ދަތުރުތައް ކުރިއަށްދާގޮތަށް ވަގުތީ ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހެނދުނު 06:30 އިން 13:00 އަށް ގްރީން ޒޯން ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންގާފައިވާކަމަށެވެ.

Advertisement

އެހެންކަމުން އެކުންފުނި R12 (ސޯސަން ރޫޓް)ގެ ދަތުރުތައް މި ވަގުތުކޮޅަކަށް މެދުކަނޑާލެވިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި R10 (އޯކިޑް ރޫޓް)ގެ ދަތުރުތައް މި ވަގުތައް މަޖީދީމަގަށް ވަނީ ބަދަލުކޮށްފައެވެ.

އެމްޓީސީސީން ބުނީ 13:00 ގައި މަގު ހުޅުވުމުން ހުރިހާ ރޫޓެއްގެ ދަތުރުތައްވެސް އާންމު ހާލަތަށް އަލުން އިއާދަ ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް