Advertisement
ކ. މާލެ
|
16 ޖެނުއަރީ 2023 | ހޯމަ 07:34
އަންވެއިލިންގް ވިޝަން
އަންވެއިލިންގް ވިޝަން
ޝުއައިބް މުހައްމަދު އިގްބާލް
އާޓް ގެލެރީ ހުޅުވުން ލަސްވުން
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން
އާޓް ގެލެރީ ބަންދުކޮށްފައިހުރުމުން އާޓިސްޓުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންދޭ
މިކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ވަނީ މިނިސްޓަރާވެސް ހިއްސާކޮށްފައި

ނޭޝަނަލް އާޓް ގެލެރީ މަރާމާތައް ބަންދުކުރުމަށްފަހު އެޔަން ނުހުޅުވި ގިނަ ދުވަސްތަކެއްވަމުންދާތީ ދިވެހި އާޓިސްޓުންގެ ޖަމިއްޔާ، މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީން ނެރުނު ބަޔާނެއްގައި ބުނީ އާތް ގެލެރީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރެވިފައި ހުރުމުން ރާއްޖޭގެ ގިނަ ޕްރޮފެޝަނަލް ވިޝުއަލް އާޓިސްޓުންނަށް މިކަމުގެ ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.

އަދި އެ ޖަމިއްޔާގެ ފަރާތުން ރާވައި ހިންގަން ހުރި ގިނަ އިވެންޓުތައްވެސް ނުބޭއްވި ގިނަ ދުވަސްތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ޚާއްސަކޮށް ގިނަ ހުނަރުވެރި ޒުވާނުން ބައިވެރިވާ އެގްޒިބިޝަންތައް ނުބޭއްވި ލަސްވާކަމީ ރާއްޖޭގެ އާޓްގެ ދާއިރާއަށް ލިބޭ ވަަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

Advertisement

އާޓިސްޓުންގެ ޖަމިއްޔާއިން ބުނީ އާޓް ގެލެރީގެ މަރާމާތައް ގިނަ ދުވަސްތަކެއް ވަންދެން އެތަން ބަންދުކޮށްފައި ހުރުމުން ކަމާގުޅޭ ފަރާތްތަކާއެކުވެސް މިކަމުގެ މަޝްވަރާތައް ކުރެވުނު ކަމަށެވެ. މިނިސްޓަރު ޔުމްނާގެ އިތުރުން މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި، އެންސީއޭގެ ބައެއް ބޭފުޅުންނާއެކުވެސް މިކަމުގެ މަޝްވަރާތައް ކުރެވިފައިވާކަމަށް އާޓިސްޓުންގެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އަދި ވީހާވެސް އަވަހަށް އެތަން ހުޅުވި އާޓިސްޓުންނަށް ތަނުގެ ބޭނުން ހިފުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދުކުރާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް