Advertisement
ކ. މާލެ
|
14 ޖެނުއަރީ 2023 | ހޮނިހިރު 13:25
ފައްޔާޒް އިސްމާއީލް، އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން
ފައްޔާޒް އިސްމާއީލް، އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން
އިކޮނޮމިކް މިނިސްޓްރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ފައްޔާޒް
ފައްޔާޒު ވިދާޅުވީ، މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް ދިމާ ކުރެވިދާނެ ކަމަށް
ފައްޔާޒުގެ އާއިލާއާއި ޒާތީވެ ދިމާ ނުކުރުމަށް ނަޝީދު އެދިލެއްވި
ރައީސް ނަޝީދަށް ތާއީދު ނުކުރާނަމަ، މަގުމަތިން ފޮށުމާއި ބިރު ދެއްކުން އިތުރުވަމުންދާ ކަމަށް މެމްބަރު ނިހާދު ވިދާޅުވި

ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

"އެމްޑީޕީ ސޯޝަލް މީޑިއާ" ގެ ވަޓްސްއަޕް ގްރޫޕުގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވައި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީޑިއާގައި ވެސް، އެހެން ގޮތަކުންވެސް ދިމާ ކުރެވިދާނެ ކަމަށާއި، އެހެންނަމަވެސް، ސިޔާސީ ޚިޔާލު ތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފައްޔާޒު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އެގޮތުން ފައްޔާޒު ހިއްސާ ކުރެއްވި ސްކްރީންޝޮޓަކީ ރައީސް ނަޝީދު ލިޔުއްވާފައިވާ މެސެޖެއް ފެންނަ ސްކްރީން ޝޮޓެކެވެ.

"އެމްޑީޕީ ސޯޝަލް މީޑިއާ" ގެ ވަޓްސްއަޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި، އެހެންނަމަވެސް، އެއްވެސް މީހަކު މިނިސްޓަރ ފައްޔާޒުއާއި އަދި ފައްޔާޒުގެ އާއިލާއާއި ޒާތީވެ ދިމާ ނުކުރުމަށް އެދިވަދައިގަންނަވާ ކަމަށެވެ.

Advertisement

އެ ޓްވީޓަށް އެމްޑީޕީގެ އެކި ސިޔާސީ ފަރާތްތަކުންވެސް ރައްދު ދީފައިވެއެވެ. އެގޮތުން ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދު ނުކުރާނަމަ، މަގުމަތިން ފޮށުމާއި ބިރު ދެއްކުން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން އިދިކޮޅު ޕީޕީއެމްއަށްވުރެވެސް ގޯސް ވީމައި ދެރަކަން ފާހަގަ ކުރައްވައި ނިހާދު ވިދާޅުވީ، ރައީސް ޞާލިހު ވަޑައިގަންނަވާ ރަށްރަށުގައި ޕީޕީއެމްއަށް ސަޕޯޓު ދީގެން މަސްލަޙަތު ނަގާލަން މަސައްކަތް ކުރާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

އެއީ ލަދުވެތި ކަމެއްކަންވެސް ނިހާދު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ނުހަނު ގަދަވެފައިވާއިރު، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް