މަދަރުސާއަކީ ރަށެއްގެ އެންމެންގެ އުޅުން ބައްޓަންކުރާ އެންމެ ބާރުގަދަ ނުފޫޒުކަމަށާއި މާދަމާގެ މުޖުތަމައު އަށް ބަދަލު ގެންނަން ބޭނުންވާ ނަމަ އެކަން ފަށަންވީ ސްކޫލުން ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ފޭދޫ ސުކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެކަމަނާ ވަނީ ކުދިން ރަނގަޅު ގޮތުގައި ބޮޑުވުމުގައި މުޅި މުޖުތަމައުގެ ޒިންމާ ވަރަށް ބޮޑު ކަމަށް ވިދާޅުވެފައެވެ. ފޭދޫ ސްކޫލްގައި އެންމެ ފުރަތަމަ އުނގެނުނު މީހުންނަށް މިހާރު 60 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ސްކޫލް ފުރަތަމަ އުފެދުނު އިރު އެތަނުން ތައުލީމް ހާސިލް ކުރި މީހުން މިއަދު ތިބޭނީ މަންމައިންނާއި ބައްޕައިން އަދި ކާފައިންނާާއި މާމައިންނަށް ވެފައިކަމަށެވެ.
އެ ސްކޫލުން ތައުލީމް އުނގަންނައިދިން އިރު އިސްކަން ދިނީ އަހުލާގާއި ސަގާފަތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފޭދޫގެ ވެށިން އުވިގެން ގޮސްފައި ހުންނާނެ ކަންކަަމަކީ މަދަރުސާ އިން އިސްކަން ދީފައި ނުވާކަންތައްތައް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. މިއަދުގެ ކުޑަކުދިންނަކީ މާދަމާގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރ ވިދާޅުވީ ފޭދޫގެ މުޖުތަމަޖައު އަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ އެ ބަދަލު ގެންނަންވީ މަދަރުސާތައް މެދުވެރިވެގެން ކަމަށެވެ.
އެފްރިކާގެ ހަރު ބަހެއްގައި އޮވޭ، އިޓް ޓޭކްސް އަ ވިލެޖް ޓު ރެއިޒް އަ ޗައިލްޑް. މި ހަރުބަހުގެ މާނަ އަކީ ކުޑަ ކުއްޖަކު ހެޔޮ ގޮތުގައި ރައްކާތެރި ސިއްހަތު ރަނގަޅު ވެއްޓެއްގައި އެކުދިން ދިރިއުޅޭ ބަސްތީއެއްގެ އެންމެން ނުވަތަ އެކުދިން އުޅޭ އަވަށްގަނޑެއްގެ އެންމެން އެ ކުދިންނާއި ފަހިކޮށް މުއާމަލާތުކުރަން ޖެހެއޭ. މި ހަރުބަހުން ދޭހަވާ މާނައަކީ ކުޑަކުދިން ހެޔޮގޮތުގައި ބޮޑުވަނީ ހަމައެކަނި ބެލެނިވެރިންގެ ސަބަބަކުން ނޫންކަން. މަދަރުސާއެއްގެ ސަބަބުން އެކަނި ނޫންކަން. މުޅި ރަށުގެ އެންމެން ހުރިހާ ރައްޔިތުން މުޅި ގޭގެމީން އެ ކުދިން ހެޔޮގޮތުގައި މަގަށް އެޅުވުމުގައި މުއާމަލާތުކުރަން ޖެހޭއެޑިއުކޭޝަން މިނިސްޓަރ
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ރަނގަޅު ގޮތް ކިޔާދިނުމަކީ އެ ކުދިންނާއި ބައްދަލުވާ ކޮންމެ މީހެއްގެ ވެސް ޒިންމާ އެއް ކަމަށެވެ. އެގޮތުން ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަމާއި ދުރުހެލިވުމަށް ބުނެދިނުމަކީ ރަށުގެ ކޮންމެ އަހުލުވެރިއެއްގެ ވާޖިބެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ނުކުރާ ނަމަ އެކި ރަށްތަކުގެ ގޯޅިތަކުގެ ކަންމަތީގައި ކޯޅި ކޯޅިއަށް ތިބޭ ޒުވާނުން އެ ރަށަކުން ފެންނަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ހިސާބުން ޒުވާން ޖީލު ހަލާކުވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.