Advertisement
ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 14:46
ޖަލު އޮފިސަރުން
ޖަލު އޮފިސަރުން
ކަރެކްޝަން ސަރވިސް
ގައިދީއަކު މަރުވުން
މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ
މަރުވެފައިވަނީ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު)

މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވާ ގޮތުގައި މަރުވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހުކުމް ތަންފީޒުކުރުމަށް މާލޭ ޖަލަށް ގެންދިޔަ ލ. ކުނަހަންދޫ ކަރަންކާގެ މުޙައްމަދު ރަޝީދު (36 އަހަރު)އެވެ.

އެ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ މުޙައްމަދު ރަޝީދު ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލު ދެރަވާތީ 10 ޖަހާކަށް ހާއިރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭންފެށި ކަމަށެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު ޑޮކްޓަރު ވަނީ ހުކުރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:40 ހާއިރު ނިޔާވިކަމަށް ކަނޑައަޅާފައި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement

މުޙައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި 6 މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއެކެވެ. އޭނާ މިމަހުގެ 8 ވަނަ ދުވަހު ޖަލަށް ގެންގޮސް ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައެއް ނުވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މުޙައްމަދު ރަޝީދު މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ފުލުހުންނާއި އެޗްއާރުސީއެމްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް