ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 12:56
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަން
މިހާރު
ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2023 ޖަނަވަރީ 22 އަދި 23 ވަނަ ދުވަހު ހެނދުނު
މަޤާމަށް ކުރިމަތިލުމުގެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީއެވެ. އެގޮތުން ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަނު ކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2023 ޖަނަވަރީ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

މި މަޤާމަށް ހުޅުވާލާފައި މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ގައިސް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ގައިސް ވިދާޅުވާ ގޮތުގައި އިސްތިއުފާ ދެއްވީ މިވަގުތު އަމިއްލަ ކަމަކަށް ވަގުތު ހުސްކުރައްވަން ބޭނުންވާތީއެވެ.

- ކޮމެންޓް