ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 11:51
ސިޓީން ކުޅުނު މެޗުގައި ގާޑިއޯލާ
ސިޓީން ކުޅުނު މެޗުގައި ގާޑިއޯލާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ސިޓީ އޮތީ ސެމީ ފައިނަލް ކުޅެން ތައްޔާރަކަށް ނޫން: ގާޑިއޯލާ
ގާޑިއޯލާ ބުނީ، އެ މެޗާ ހަމައަށް އައިއިރު ސިޓީ އޮތީ ކުރިން ދައްކަމުން އައި ކުޅުމާ ގާތް ކުރާ ހިސާބުގައި ނޫން ކަމަށް

މެންޗެސްޓަރ ސިޓީ އޮތީ ކަރަބޯ ކަޕްގެ ސެމީ ފައިނަލްގައި ކުޅުމަށް ތައްޔާރަށް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ. ކަރަބޯ ކަޕްގެ ކުއާޓާ ފައިނަލްގައި ސައުތެމްޓަން އަތުން 2-0 އިން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ގާޑިއޯލާ ބުނީ، އެ މެޗާ ހަމައަށް އައިއިރު ސިޓީ އޮތީ ކުރިން ދައްކަމުން އައި ކުޅުމާ ގާތް ކުރާ ހިސާބުގައި ނޫން ކަމަށެވެ. އަދި ސިޓީ އޮތީ ސެމީ ފައިނަލްގައި ކުޅެން ތައްޔާރަށް ނޫން ކަމަށާއި، މެޗުން އެކަން ފެންނާނެ ކަމަށެވެ. އޭނާ ބުނީ މެންޗެސްޓަރ ސިޓީ އަށް ކުޅޭ ނަމަ ޖެހޭނީ ކޮންމެ މެޗަކަށް ތައްޔާރުވާން ކަމަށާއި، ނަމަވެސް އެ މެޗުގައި އެކަން އެއްވެސް ވަރަަކަށް ނުފެންނަ ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް، މެޗުގައި އެ ކުޅުން ދައްކައިފި ނަމަ، އެ މެޗުން މޮޅުވެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ސިޓީ އަށް ދެން އޮތީ ލީގުގައި މި މަހުގެ 14 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ގާޑިއޯލާ ބުނީ މެޗުގެ ފުރަތަމަ 11 ގައި ވަކި ކުޅުންތެރިންތަކެއް ތިބުމަކީ ނަތީޖާ އެހެން ނުކުންނަންވީ ސަބަބެއް ނޫން ކަމަށެވެ.

ގާޑިއޯލާ ބުނީ ކުރިއަށް އޮތީ މާ ވާދަވެރި މެޗެއް ކަމަށާއި، އެމެޗަށް ނުކުންނަން ޖެހޭނީ ހެދުނު ހުރިހާ ގޯސްތަކެއް ރަނގަޅުކޮށްގެން ކަމަށެވެ. އަދި ސިޓީގައި ތިބީ އެ ފެންވަރުގެ ކުޅުންތެރިން ކަމަށާއި، ސިޓީން ބޭނުންވާ ނަތީޖާ ހާސިލްނުކުރެވެންވީ އެހެން ސަބަބެއް ނޫން ކަމަށެވެ.

- ކޮމެންޓް