ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 23:44
އިވްނިންގ ކެފޭގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަނީ
އިވްނިންގ ކެފޭގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އެސަރަހައްދުގައި ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
އީވްނިންގ ކެފޭގައި އަލިފާނުގެ ހާދިސާ ހިނގުން
އީވްނިންގ ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ބުދަ ދުވަހުގެ ރޭ 19:22 ހާއިރު
އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވޭ
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ބުނެފައެއްނުވޭ

އޯކިޑް މަގުގައި ހުންނަ "އީވްނިންގ ކެފޭ" ގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ބުދަ ދުވަހުގެ އިރުއޮއްސި 18:12 ހާއިރު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.

މިހާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް ވަނީ އަލިފާންހިފާ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލު ކުރެވިފައިވަނީ ބުދަ ދުވަހުގެ ރޭ 19:22 ހާއިރުއެވެ. މި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ބުނެފައެއްނުވެއެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހާދިސާ ހިނގިތަނަށް ވަޑައިގަންނަވާފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވެސް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މި ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ހަފުތާގެ ހޯމަ ދުވަހު ނީލަން ފިހާރާގައިވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ފަހަކަށް އައިސް މި ފަދަ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ. މިފަދަ ހާދިސާތައް އިތުރުވެފައިވާތީ މާލެ އާއި އަތޮޅުތެރޭގައި ބޮޑު ތަހުގީގެއް ފަށަން ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް