ކ. މާލެ
|
11 ޖެނުއަރީ 2023 | ބުދަ 07:38
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭ ސިޓީގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭ ސިޓީގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ވެރިކަމުގައި ތިބެގެން އަޅުގަނޑުމެން މުޒާހަރާ ކުރަން ޖެހޭ ސަބަބެއް ނުފެނޭ: ރައީސް
ވެރިކަމުގައި ތިބިއިރު ވެސް މުޒާހަރާ ކުރަނީ، އިދިކޮޅުގައި ތިބިއިރު ވެސް ކުރަނީ މުޒާހަރާ، ކޮންމެވެސް ހަމަޔަކާއި އުސޫލެއް އޮންނަން ޖެހޭނެ ނޫންތޯ

ވެރިކަމުގައި ތިބެގެން މުޒާހަރާ ކުރަން ޖެހޭ ސަބަބު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މުޒާހަރާ ކުރަން ޖެހޭނެ، އިހުތިޖާޖު ކުރަން ޖެހޭނެ، ފެންނަ ގޮތް ހާމަކުރަން ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑުމެންގެ އެ ދުވަހުގެ ހާލަތަކީ ވެރިކަމުގައި ތިބިއިރު ވެސް މުޒާހަރާ ކުރަނީ، އިދިކޮޅުގައި ތިބިއިރު ވެސް ކުރަނީ މުޒާހަރާ، ކޮންމެވެސް ހަމަޔަކާއި އުސޫލެއް އޮންނަން ޖެހޭނެ ނޫންތޯ. އަޅުގަނޑަކަށް ނުފެނޭ ވެރިކަމުގައި ތިބިގެން އަޅުގަނޑުމެން މުޒާހަރާ ކުރަން ޖެހޭ ސަބަބެއް ސަރުކާރު ބަދަލުވީމާ އަޑު އުފުލެން އޮތް ގޮތަކަށް އުފުލާނީ. މިއަދު އަޅުގަނޑުމެން ވިސްނަންވީ އެ ދުވަހަށް އެނބުރި ދާންވީތޯ. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ސުވާލެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ އެންމެން ވެސް ވިސްނަން ޖެހޭ މުހިންމު ކަމެއް އެބައޮތް ކަމަށެވެ. އެއީ ވެރިކަމަށް ގޮސް މުޒާހަރާ ކުރާނީތޯ ނޫނީ މަގުމަތީގައި ތިބެގެން މުޒަހާރާ ކުރާނީތޯ ކަމަށެވެ.

މާލޭ ރައްޔިތުންނާއި ބައްދަލުކުރާއިރު އެ ރައްޔިތުންގެ އިހުސާސް އެނގިވަޑައިގަންނަވާ ކަމަށާއި އެ ރައްޔިތުން ބޭނުންވާ ބައެއް ކަންތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި ޓްރެފިކަށް ހައްލު ހޯދައިދޭން އެދޭ ކަމަށާއި މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހަދައިދިނުމަށް ވެސް އެ ރައްޔިތުން އެދޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާއިރު އެ ވާހަކަތައް ދައްކަނީ އޮޅުވާލައިގެން ވޯޓް ހޯއްދަވަން ނޫން ކަމަށާއި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ މެދެއްހާ ހިސާބުގައި މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާދެއްވާނެ ކަމަށެވެ.

މިހާރު ފަށައިގެން ކުރިއަށް ގެންދަނީ މުހިންމު ކެމްޕޭނެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް