Advertisement
ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 13:22
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ
ނީލަން ފިހާރަތައް ހުންނަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާ
ރާއްޖެއެމްވީ
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ
ދުމުގެ އަސަރު ހުރުމުން ސަމާލުވުމަށް އިލްތިމާސްކޮށްފި
އަލިފާން ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނުއިރު ދުމުން ރައްކާތެރިވުމަށް ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ
ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ އިތުރުން ހިތުގެ ބަލި ހުންނަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
އެއްވެސް މީހަކަށް ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވެ، ގަދަޔަށް ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްއެދޭ

ނީލަން ފިހާރައިގައި ހޯމަ ދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެސަރަހައްދުގައި ދުމުގެ އަސަރު ހުރުމާއެކު މާސްކު އަޅައިގެން އެސަރަހައްދުގައި އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭއި)ން އިލްތިމާސްކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އެ ސަރަހައްދުގައި އުޅޭއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ. އަލިފާން ރޯވެ ވަރަށް ބޮޑަށް ދުންގަނޑު ފެތުރުނުއިރު ދުމުން ރައްކާތެރިވުމަށް ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ އިތުރުން ހިތުގެ ބަލި ހުންނަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވެއެވެ. އަދި އެއްވެސް މީހަކަށް ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވެ، ގަދަޔަށް ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕިއޭއީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާއެކު އެތާ ކައިރީގައި ހުންނަ ސްކޫލްތަކުގެ ކިޔެވުން ވަނީ ހޯމަ ދުވަހު މެދުކަނޑާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް