ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 13:07
އެމްޑީޕީ ކޮންގްރެސް 2022
އެމްޑީޕީ ކޮންގްރެސް 2022
މުހައްމަދު ޝަރުހާން ވަހީދު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
މި ސަރުކާރަށް ޖެއްސުމެއް ނުކުރަން: ރައީސް ނަޝީދު
 
މަޖިލިސް ތެރެއިން ވެސް މި ސަރުކާރަށް އެއްވެސްއިރަކު ޖެއްސުން ނުކުރަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރަށް ޖެއްސުން ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އއ، އދ، ފ، އަދި ދ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ތެރެއިން ވެސް މި ސަރުކާރަށް އެއްވެސްއިރަކު ޖެއްސުން ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮންނަ ކަމަށް ޚުދު ރައީސް ވެސް ވިދާޅުވެފައިވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން ހުށަހަޅުއްވާ ހުރިހާ ބިލެއް އެ ހުށަހަޅުއްވާ ގޮތަކަށް އެބޭފުޅާ އެ ވިދާޅުވީ ކޮންޓްރޯލް ބޭނުންފުޅު ކުރައްވައިގެން އެ ގެންދަވަނީ އެގޮތަށް އެކަން ކުރައްވަމުން، ޓެކްސް ބިލްގައި ވެސް އެގޮތަށް ކަންތައްތައް ކުރެއްވުމުން އުނދަގޫވި
ރައީސް މުހައްމަދު ނަޝީދު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލެއް ނުވަތަ ޤަރާރެއް، އެއްވެސް މައްސަލައެއް ފާސްނުވެ ނުދާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބޮޑު ޢަޣުލަބިއްޔަތުން ފާސްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރަށް ޖެއްސުން ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު "އެމްޑީޕީ ކުރިއަށް" ނަމުގައި ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ޙަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވެފައިވަނީ ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ފަރާތުންނާއި އެމްޑީޕީގެ އެތެރޭން ވެސް އެ އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

ސަރުކާރު ފެށުމާއެކު ކޮންމެ ދުވަހަކު ސަރުކާރަށް ދަތި ކުރުމާއި އުނދަގޫ ކުރުމާއި ރައްޔިތުންގެ ކުރިމަތީގައި ނަފްރަތު އުފެއްދުމަށް ޕާޓީގެ ތެރެއިން މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހުއްޓާލެއްވުމަށްފަހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެކީގައި ކުރިއަށް ދިޔުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް މަސައްކަތް ކުރެއްވީ އެބޭފުޅުން ވިދާޅުވާ އެއްޗިއްސަށް ރިއެކްޓް ނުކުރެއްވުމަށް ކަމަށާއި އެހެންނަމަވެސް ބައެއް ކަންތައްތަކުގައި ރައްޔިތުންނަށް ހަޤީޤަތް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.

މި އިންތިޚާބުގައި ހުރީ އިދިކޮޅު ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ވާދަވެރި ކެންޑިޑޭޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ