Advertisement
ކ. މާލެ
|
8 ޖެނުއަރީ 2023 | އާދީއްތަ 13:02
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ނަޝީދު 2023 / ޓްވިޓަރ
އެމްޑީޕީ ޕްރައިމަރީ
އަޅުގަނޑުގެ ރަނިންގްމޭޓަކަށްވާނީ އައްޑޫ މީހެއް: ރައީސް ނަޝީދު
ރަނިންގ މޭޓަކަށް ވާނީ މުޅި ރާއްޖެ ތަމްސީލު ކުރެވޭ ރަމްޒު ކުރެވޭ ބޭފުޅެއް

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކަށް ހޮއްވަވާނީ އައްޑޫ މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އއ، އދ، ފ، އަދި ދ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރަނިންގ މޭޓަކަށް ވާނީ މުޅި ރާއްޖެ ތަމްސީލު ކުރެވޭ، ރަމްޒު ކުރެވޭ ބޭފުޅެއް ކަމަށެވެ. އަދި ޒުވާނުންގެ ހިއްސާ ބޮޑުކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި ކާމިޔާބު ރަނިންގ މޭޓަކާއެކު ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ރަނިންގ މޭޓަކަށް ވާނީ އައްޑޫ މީހެއް ކަމަށް ވިދާޅުވިނަމަވެސް އެބޭފުޅެއްގެ ނަން ހާމައެއް ނުކުރައްވައެވެ.

Advertisement

ނަޝީދު ވިދާޅުވީ 60 އިންސައްތަ އާއި 70 އިންސައްތައިން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

އެންމެ ބޮޑުވޯޓް އޮންނާނީ ބޮޑެތި ރަށްތަކުގައި ކަމަށާއި އެ ރަށްތަކުން ރައީސުލްޖުމްހޫރިއްޔާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބޮޑެތި ރަށްރަށް މިތިބީ އަމުދުން ރައީސް ދެކެ ހިތްހަމަނުޖެހި، ކުޅުދުއްފުއްޓާއި ދިއްދޫއަށް ދިޔައިމަ އެނގިއްޖެ އެމީހުން އެއްއަޑަކުން އަޅުގަނޑަށް ވޯޓް ދޭންކަން ތިބީ، ކުދި ރަށްތަކަކީ ވެސް އެމްޑީޕީގެ ޗޭނުގައި މުހިންމު ރަށްތަކެއް، މިފަހަރު އުތީމުގެ އަޤްލަބިއްޔަތު އަޅުގަނޑަށް ލިބޭނެ، ރ އިން އަމުދުން ލިބޭނެ ކަމަށް މިބަލަނީ
ރައީސް މުހައްމަދު ނަޝީދު

ވެރިކަން ވެއްޓުނު ގޮތާމެދު ރައީސް ސާލިހަށް ތާއިދު ކުރައްވާ މެމްބަރުން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ އަބަދުވެސް އެންމެ ބޮޑު އަމާޒަކަށްވީ އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމަށް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަން އެންމެ ރަނގަޅު ގޮތަކަށްވީ ރައްޔިތުންގެ ގަޔަށް ބަޑިޖަހާ، ވެރިކަން ސަކާ ކޮށްގެން ހުރުން ނޫންކަމަށް ދެކިވަޑައިގެންނެވި ކަމަށާއި އެ ދުވަހު ވެރިކަމުން އިސްތިއުފާ ނުދެއްވިނަމަ 2013 ގައި އެމްޑީޕީއަށް ބޮޑު ވޯޓް ނުލިބުނީސްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަޤީޤަތްތަކަށް ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް