ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 22:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީ
ޕްރައިމަރީ ނިމުމުން އެމްޑީޕީ ދާނީ އެއްބައެއްގެ ގޮތުގައި ކުރިއަށް: ރައީސް
މިފަހަރުގެ ޕްރައިމަރީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުު ކުރައްވާނެ ކަމަށް ވިދާޅުވި
ރިޔާސީ އިންތިޚާބުވެސް އެއްބުރުން ކާމިޔާބު ކުރެވޭނެ
ވެރިކަމަށް ވަޑައިގެން އެ ވެރިކަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް ވިދާޅުވި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެއް ބައެއް ކަމަށާއި ރިޔާސީ ޕްރައިމަރީ ނިމުމުން އެ ޕާޓީގެ އެންމެން ކުރިއަށްދާނީ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ނ. ވެލިދޫގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ވާހަކަފުޅުދައްވަމުންނެވެ. އެމަނިކުފާނު ވަނީ ތަކުރާރުކޮށް މިފަހަރުގެ ޕްރައިމަރީ އިންތިޚާބު ބޮޑުތަނުން ކާމިޔާބުު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުވެސް އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށާއި އަދި ވެރިކަމަށް ވަޑައިގެން އެ ވެރިކަން ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެ ހިސާބަށް ދިއުމަށް ޕްރައިމަރީ ކަޑައްތު ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެގޮތަށް ގަބޫލު ނުކުރެއްވި ނަމަވެސް އިންތިޚާބަށް ނުކުންނެވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވަން ކަމަށާއި މާޒީގައި ކަންތައް ހިނގާފައި އޮތްގޮތުން އިބުރަތްތަކެއް ހާސިލުކޮށް އެ ވިސްނުމާއި ތަޖުރިބާތަކާއެކުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތަކާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

2013 ވަނަ އަހަރު އަޅުގަނޑުމެންނަށް 48.2 ޕަސެންޓް، 150،000 ވޯޓު ލިބުނު. ނަމަވެސް އަޅުގަނޑުމެންނަށް އިންތިޚާބެއް ކާމިޔާބެއް ނުކުރެވުނު. އެންމެ 6000 ވޯޓުު ނުލިބިގެން މިއޮއް ބޮޑު ޕާޓީވީ އެ ވޯޓު ލީ އެންމެންނާއެކު މަގުމަތި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވީ އެމްޑީޕީ ޕްރއިމަރީގައި އެމަނިކުފާނު ވާދަ ކުރެއްވި ނަމަވެސް އެއީ ވަކި މީހަކާ އިދިކޮޅަށް ނުވަތަ ވަކި ބަޔަކު ބާކީ ކުރަން ކުރާ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ވިސްނުން ބަހައްޓަންވާނީ ޕްރައިމަރީ ނިމުމާއެކު ހުރިހާ މެމްބަރުން އެއްބައެއްގެ ގޮތުގައި ނުކުތުމަށް ކަމަށެވެ.

- ކޮމެންޓް