ކ. މާލެ
|
7 ޖެނުއަރީ 2023 | ހޮނިހިރު 21:54
މާފުށި ޖަލު
މާފުށި ޖަލު
ރާއްޖެއެމްވީ
މާފުށީ ޖަލުގައި މާރާމާރީ ހިންގުން
މާފުށީ ޖަލުގައި ގައިދީންގެ މެދުގައި މާރާމާރީއެއް ހިންގައިފި
މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ގޮސްފައިވޭ، އިތުރު ބޮޑު އަނިޔާއެއް ނުލިބޭ

މާފުށީ ޖަލުގައި ގައިދީންތަކެއް މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު މާފުށީ ޖަލުގައި ގައިދީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ގައިދީއެއްގެ އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި އިތުރު ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން މައުލޫމާތުދީފައި ވެއެވެ.

މީގެ އިތުރުން މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކުރިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް