ކ. މާލެ
|
6 ޖެނުއަރީ 2023 | ހުކުރު 19:11
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
ޕީޕީއެމް
ޕީޕީއެމް/ޕީއެންސީގެ ސިޔާސީ ހަރަކާތް
އިދިކޮޅު ހަރަކާތުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާއި ގުޅޭ މައްސަލަ އެއް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަން އާއި އެޗްއާރުސީއެމް އަށް
 
ފުލުހުން ހައްޔަރުކުރާ މީހުންގެ އެއްޗެހި ބާލުވައިގެން، ބަލާ ފާސްކުރާ ކަމަށް ޕީޕީއެމް އިން ބުނޭ
 
ޕީއެންސީ އިން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަަށް ޖަލަށް ލުމާއި އެކު ސިލްސިލާ ސިޔާސީ ހަރަކާތްތަކެއް ހިންގަމުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްްސް އިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ފުލުހުން ގަވާއިދާއި ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމް އާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން އަށް މައްސަލަ އެއް ހުށަހަޅަން އެ ޕާޓީ އިން ނިންމައިފިއެވެ.

އެ ކަމާއި ގުޅޭގޮތުން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ވަކީލް މުހައްމަދު ރާގިބް ވަނީ ފުލުހުން އަމަލުކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ޤާނޫނުތަކާއި ވެސް ޚިލާފަށް ކަމަށެވެ. ފުލުހުން ސިޔާސީ ހަރަކާތްތަކުން މީހުން ހައްޔަރު ކުރާ އިންޒާރު ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތަށް އަމަލުކުރަމުން ނުދާ ކަމަށާއި ހައްޔަރުކުރުމަށް ފަހު ހައްޔަރު ކުރާ މީހުން ހައްޔަރުކުރާތާ 12 ގަޑި އިރަށް ވުރެ ގިނަ އިރު ވާއިރު ވެސް ލިޔުމުން އިންޒާރު ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހައްޔަރު ކުރާ ބައެއް މީހުން ފުލުހުން ހައްޔަރުކުރާ މީހުންގެ އެއްޗެހި ބާލުވައިގެން، ބަލާ ފާސްކުރާ ކަމަށް ޕީޕީއެމް އިން ބުނާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މިފަދަ އަމަލުތައް ފުލުހުން ކުރަނީ ޤާނޫނާއި ޤަވާއިދުތަކަށް ބެލުމެއް ނެތި ކަމަށް އޭނާ ވިދާޅުވިއެެވެ.

ރާގިބް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ހިންގަމުން ދަނީ ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ޤާނޫނާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އެއްވުންތައް ބާއްވަނީ އެއްވުން ހުއްދަ ސަރަހައްދުގައި ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަަމަވެސް ފުލުހުން އިންޒާރަކާއި ނުލާ އުޅަނދުތައް އާއްމުންގެ ތެރެއަށް ވައްދާ މީހުން ހައްޔަރުކޮށްގެން ދަނީ އެއްވެސް އުސޫލެއް ނެތި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާގިބްގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޕިއެމްގެ ވަކީލް އަހުމަދު ޝާފިއު ވިދާޅުވީ ފުލުހުން ބައެއް ފަހަރު އަމަލު ކުރަނީ އިދިކޮޅު ސިޔާސީ ހަރަކާތުގެ ބައިވެރިންނަށް ނަފްސާނީ ބިރުވެރިކަމަކާާއި ކުރިމަތިލާން ޖެހޭ ގޮތަށް ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ.

ޕީޕީއެމް އިން މިފަަދަ މައްސަލަތަކެއް ހުށަހެޅި ނަަމަވެސް އެއީ ކިހާ އަދަދެއްގެ މައްސަލަތަކެއްކަން ހާމައެއް ނުކުރެއެވެ. އަދި މައްސަލަ ހުށަހަޅާނީ ކޮން އިރަކުކަން ހާމައެއް ނުކުރެއެވެ. ޕީޕީއެމް އަދި ޕީއެންސީ އިން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަަށް ޖަލަށް ލުމާއި އެކު ސިލްސިލާ ސިޔާސީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ދަނީ ގޮވާލަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި