Advertisement
ކ. މާލެ
|
28 ޖޫން 2017 | ބުދަ 20:11
މިނިސްޓަރ މުހައްމަދު އާސިމް
މިނިސްޓަރ މުހައްމަދު އާސިމް
ގޫގުލް
ޓީއައިޕީ ރިޕޯޓް
ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑްވެއްޖެ: މިނިސްޓަރ މުހައްމަދު އާސިމް
ޓީއައިޕީ ރިޕޯޓް 2017 ވަނަ އަހަރު އަޕްގްރޭޑް ކުރެއްވާފައިވާ ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ފަރާތުން
ވަގުފާރިއާ ދެކޮޅަށް އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް އޮތްތާގައި ކުރާނެ

ޓީއައިޕީ ރިޕޯޓްގައި ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަކަށް އަޕްގްރޭޑް ވެގެންދިޔުމުން ދައްކުވައިދެނީ އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުގެ ޕޮލިސީތަކުގެ ހަރުދަނާކަން ކަމަށް ފޮރިން މިނިސްޓަރ ޑޮކްޓަރ މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

މުހައްމަދު އާސިމް ވިދާޅުވީ ޓީއައިޕީ ރިޕޯޓް 2017 ވަނަ އަހަރު އަޕްގްރޭޑް ކުރައްވާފައިވާ ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ރޭންކް ޓަޔަރ 2 އަށް އަޕްގްރޭޑް ކުރެއްވުމުން ދައްކުވައިދެނީ ރާއްޖެއިން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާފައިވާ ގާނޫނާއި ގަވާއިދުތައް ބޭރުގެ ފަރާތްތަކުން ބަލައިގަންނަކަމެވެ.

މިއަހަރުގެ ޓީއައިޕީ ރިޕޯޓްގައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން އިންސާނީ ވަގުފާރިއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ބަލައި، މައްސަލަތަކަށް ޙުކުމްކޮށް، ވަގުފާރިގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ދެނެގަނެފައިވާކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުން ތަފާތު ކޭމްޕުތައް ބާއްވާފައިވާކަމަށާއި ވަޒީފާއާއި ބެހޭ ގަނޫނަށް އިސްލާހު ގެނެސް، ވަޒީފާދޭ ފަރާތުން މުއްވަޒަފުންގެ މުސާރަ ބޭންކް އެކައުންޓް މެދުވެރިކޮށް ލިބޭގޮތަށް ވަޒީފާއާއި ބެހޭ ގަނޫނަށް އިސްލާހުކޮށްފައިވާ ކަމަށެވެ.

ޓީއައިޕީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ދިވެހި ފުލުހުން ޓްރެފިކިންގެ 11 މައްސަލައެއް ބަލާފައިވާކަމަށާއި މަޖުބޫރުން މީހުން ލައްވައި މަސައްކަތްކުރުވާކަމުގެ 10 މައްސަލައެއް ބަލާފައިވާކަމަށާއި އަދި ހަށި ވިއްކުމުގެ އެއް މައްސަލަ ބަލާފައިވާކަމަށެވެ. އަދި އިންސާނީ ވަގުފާރިގެ 4 މައްސަލައަކަށް ޙުކުމްކޮށް ނިމިފައިވާކަމަށެވެ.

މިނިސްޓަރ އާސިމް ވަނީ އިކޮނޮމިކް ޑިވަލޮޕްމަންޓް މިނިސްޓްރީއާއި މޯލްޑިވިސް އިމިގްރޭޝަނުން އަދާކުރެއްވި މައްސޫލިއްޔަތައް ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން ރައްޔިތުން އިންސާނީ ވަގުފާރިއާ ދެކޮޅަށް އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް އޮތްތާގައި ކުރާނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.               

      

    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް